އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަހަރެންގެމަތިން ﷲ ތަޢާލާ އެބަ ހަނދުމަކުރައްވަވާ!" ކަމަށް ވިދާޅުވުމުން ދަރިވަރުންތައް ސިއްސައިގެން ދިއަ ގޮތުގެ ވާހަކަ!

"އަހަރެންގެމަތިން ﷲ ތަޢާލާ އެބަ ހަނދުމަކުރައްވަވާ!" ކަމަށް ވިދާޅުވުމުން ދަރިވަރުންތައް ސިއްސައިގެން ދިއަ ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އެއްދުވަހަކު އަބޫ ޢުޘްމާން ދަރިވަރުންތަކަކާއިއެކު އިންނަވާފައި ކުއްލިއަކަށް ވިދާޅުވިއެވެ! " ﷲ ތައާލާ މިހާރު އަހުރެންގެމަތިން އެބަ ހަނދުމަފުޅު ކުރައްވަވައެވެ." އެހިނދު ދަރިވަރުންތައް ދިއައީ ސިއްސައިގެންނެވެ. އެއީ ﷲ ތަޢާލާ އަހަރެންގެމަތިން އެބަ ހަނދުމަކުރައްވަވާ ކުރައްވަވާކަމެއް އަބޫ ޢުޘްމާނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވުމުންނެވެ. އެނގިވަޑައިގެްނެވި ގޮތެއް ނުއެނގޭތީއެވެ!  

އެހިނދު އަބޫ ޢުޘްމާން ވިދާޅުވިއެވެ. އަހުރެންނަށް އެކަން ޔަޤީންވަނީ ކީރިތި ޤުރްއާނުންނެވެ. ﷲ ތަޢާލާގެ ވަހީ ބަސްފުޅުންނެވެ." އެއަށްފަހު ކިޔަވައި ވިދާޅުވީ މި އާޔަތެވެ. 

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ

"ފަހެ، ތިއަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކުރާށެވެ! އެއިރުން ތިމަން ރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކރައްވަވާހުށީމެވެ. އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރުނުވާށެވެ!" (އަލްބަޤަރާ: 152)

އާޔަތް ކިޔަވައި ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. "ޛިކްރް ކުރުމުގެ ޙަޤީޤީ ފައިދާ އެމީހަކަށް ކުރާނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރާމީހުންނަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އަޅުންނަށެވެ. ނޫންނަމަ (ޢަމަލުން ސާބިތުކޮށް ނުދެވޭނަމަ) ދުލުން ބުނެލާ ބަސްތަކަކާއި ހިތަށް އަރުވާ އެއްޗަކުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟" 

މިއީ ހަމައެކަނި އަބޫ ޢުޘްމާނަށް އޮތް ފުރުޞަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެކެވެ. 

ގިނަ ބައަކު ޛިކްރް ކުރެއެވެ. އެއީ ހަމަ އެންމެ މަތިވެރި އެއް އަޅުކަމެވެ. ނަމަވެސް ޢަމަލުން ކިޔަމަންތެރިއެއް ނުވެއެވެ. އަންގަވާފައިވާ ގޮތަށް އަޅުކަމެއް ނުކުރެއެވެ. ފާފަތައް ކުރެއެވެ. ޛިކުރުކުރުމުން ލިބެން އޮތް ޙަޤީޤީ ފައިދާ އެމީހުންނަށް ޙާޞިލުނުކުރެވެނީ ޢަމަލުން އެކަން ނުކުރެވޭތީކަމަށްވުން ގާތެވެ! ވީމާ ޢަމަލުތަކުން ކިޔަމަންތެރިކަން އަދާކުރުން އެއީ އެންމެ މުހިންމު ކަންތައް ކަމުގައި ހަދާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް