އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްވުމުން ތިމާ އާ ﷲ އާ ގުޅިއްޖެކަން ޔަޤީންވެ އުފަލުން ގިނަބައަކަށް ރޮވެއެވެ.

އިސްލާމްވުމުން ތިމާ އާ ﷲ އާ ގުޅިއްޖެކަން ޔަޤީންވެ އުފަލުން ގިނަބައަކަށް ރޮވެއެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ތިރީގައި މިވަނީ ޔޫސުފް އެސްޓީސްގެ އަތްޕުޅުމައްޗަށް އިސްލާމްވި އަންހެނަކަށް އޭނާ ދެއްވި ނަޞޭޙަތެވެ. 

"ތަޢާލާއީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ އެއްކައުންވަންތަކަލާނގެ ކަމަށާއި މުޙައްމަދު ރަސޫލް  އީ އެކަލާނގެ ރަސޫލާ ކަމަށް ޤަބޫލުކޮށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާ ހުރިހާ އަމުރުފުޅުތަކަށް ޢަމަލުކުރަން ވެވުނު ވަރަކުން މަސައްކަތްކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތްކުރާމީހާއަކީ ފުރިހަމަ މުސްލިމެކެވެ. 

އެއްވެސް ފާފައެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއީ ހަމައެކަނި މަލާއިކަތުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. އަހަރެމެންނަކަށް މަލާއިކަތުންނެއް ނުފެންނާނެއެވެ. ވީމާ އަހަރެމެންގެ ލޮލަށް މިފެންނަ ކޮންމެ މީހަކީވެސް ފާފަތަކެއް ކުރެވިފައިވާނެ އަދި ފާފަކުރެވެމުންވެސް ދާނެ މީހެކެވެ. އޮތީ ނުކުރަން ޢަޒުމް ކަނޑައަޅިގެން މަސައްކަތްކުރުމާއި ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމެވެ. 

ރަސޫލް  ގެ ޞަޙީޙް ޙަދިޘްފުޅެއް ފެނިއްޖެނަމަ ނަމަނަމަ ދޫކޮށްނުލާށެވެ. އެއީ ﷲ ތައާލާގެ ބަސްފުޅެއްކަން ޔަޤީންކޮށް އެއަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ. ހަމައެއާއިއެކު ފަރުޟުކަމެއް ދޫކޮށްނުލާށެވެ!"

މިވާހަކަކޮޅަށްފަހު އޭނާއަށް ޝަހާދަތް ލައިދެއްވެވިއެވެ. ޝަހާދަތްލައިދެއްވެވުމަށްފަހު ވިދާޅުވިއެވެ. "މިހާރު ތިބާ އާއި ﷲ ތަޢާލާ އާއި ތިއަވަނީ ގުޅިފައެވެ. އެއްވެސް ކަމެއްގައި އެއްވެސް މެދުވެރިއަކަށް ބޭނުމެއް ނުވާނެއެވެ. ސީދާ ދަންނަނަވަމުން ގެންދަވާށެވެ! ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ" 

އެވަގުތު އޭނާއަށް ކަރުނައަޅައި ރޮވެން ފެށުނެވެ. އުފަލުންނެވެ. ﷲ ތަޢާލާ އާއި ތިމާ އާއި ސީދާ ގުޅިގެންދިއުމުންނެވެ. މިއީ އަލަށް އިސްލާމްވާ ވަރަށް ގިނަ ބައަކަށް ކުރިމަތިވާ ކަމެކެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް