އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2 ކިޑްނީ ފޭލްވެފައިވާ 3 ދަރިންގެ މަންމަގެ ވޭނީ އާދޭސްތައް! ދީލަތި އެހީތެރިކަމެއް ފޯރުކޮށްލަދެއްވާ!

2 ކިޑްނީ ފޭލްވެފައިވާ 3 ދަރިންގެ މަންމަގެ ވޭނީ އާދޭސްތައް! ދީލަތި އެހީތެރިކަމެއް ފޯރުކޮށްލަދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އަޅުގަނޑަކީ 13 އަހަރުން ދަށުގެ 3 ކުޑަ ކުދިންގެ މަންމައަކީމެވެ. 2018 ވަނަ އަހަރު 2 ކިޑްނީ ފެއިލްވުމާއި ގުޅިގެން ކިޑްނީ ޓްރާންސްޕްލާންޓްކޮށްފައިވާ މީހަކީމެވެ. ނަމަވެސް މިހާރު ލެއްވިފައިވާ ކިޑްނީވެސް ވަނީ ފެއިލްވެފައެވެ. އެހެންކަމުން ހަފްތާއަކު 3 ފަހަރު ޑައިލަސިސް މިހާރު ހަދަންޖެހެއެވެ. އަޅުގަނޑު މިހާރު މިވަނީ ކިޑްނީ ބަލީގެ ސްޓޭޖް 5 އަށް ގޮސްފައެވެ. ހަމަ މިޔާއިއެކު އަޅުގަނޑުގެ ހިތް ފެއިލްވަމުން އަންނަކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މި ނިމިދިޔަ ނޮވެމްބަރުމަހު އަލުގަނޑު މިވަނީ ހޮސްޕިޓަލްގެ އައި.ސީ.ޔޫ ގައި އެޑްމިޓްކުރެވި، ހިތުގެ މައްސަލައިގެ ސަބަބުން ލަންގްސްއަށް ހޮޅިލައްވައިގެން ފެން ނަގާފައެވެ (ޕުލްމޮނަރީ އެޑީމާ). މިހާރު އައި.ސީ.ޔޫ އިން މިވަނީ ވޯޑަށް ބަދަލުކުރެވިފައެވެ. ވޯޑަށް ބަދަލުކުރެވުނު ފަހުން ރަނގަޅަށް ނުނިދި، އަދި ނަފްސާނީއެކި އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން ސައިކިއާޓްރިސްޓެއްގެ އެހީތެރިކަންވެސްމިދަނީ ހޯދަމުންނެވެ.

ޑޮކްޓަރުންގެ ލަފައާއިއެކު އަޅުގަނޑުމެން މިހާރު މި ގަސްތުކުރަނީ ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އަދިބޭސްފަރުވާއަށްޓަކައި މިހާރު އާސަންދައަށް ވާނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. އަޅުގަނޑު ބޭސްފަރުވާއަށް ބޭރަށްގޮސް ހުންނަ ހުރުމުގައި ވާނީ ކިހާ ދުވަހެއްކަމެއް ނޭންގޭތީވެ، ކުރަން ޖެހޭނެއިތުރު ޚަރަދުތަކަށް ހޭދަކުރުމަށް ފައިސާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މާތް ﷲ

ތިޔަ  އެންމެހައި ފަރާތް ތަކަށް ހެޔޮ ރަހުމަތް ލައްވާ މުދަލުގައި ބަރަކާތް ލައްވާށި. އާމީން

AC  :7730000159018 

7832210  Amir Ahmed      

7584041 Fathmath Zumna

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ