އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ފަންސާސް އެއް މީހުން!

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ފަންސާސް އެއް މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 51 މީހުން ޕޮޒިޓިވްވެއްޖެއެވެ. ަ

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 87 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3،003 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 13،540 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،515 އަށް އަރައިފައެވެ. މި ބައްޔަށް 917 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 69 މީހުންނަށެވެ.

މި ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު