އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންކަން ކުރިމަތިވުމުން ސަބަބު އޮޅުން ފިލުވަން މީހުންނާ ސުވާލުނުކޮށް ﷲ އަށް ދަންނަވާ މީހުންނަށް މައްސަލަތައް މަދުވާނެ!: މުފްތީ މެންކް

ކަންކަން ކުރިމަތިވުމުން ސަބަބު އޮޅުން ފިލުވަން މީހުންނާ ސުވާލުނުކޮށް ﷲ އަށް ދަންނަވާ މީހުންނަށް މައްސަލަތައް މަދުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކޮންމެ ދުވަހަކީ ދިރިއުޅުމުގެ ކަންކަން އެއްގޮތަކަށް ހުންނާނެ ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކީ އެއްފެންވަރަކަށް އުފާވެރިކަން ލިބިގެން ހުރެވޭނެ ދުވަހެއްވެސް ނޫނެވެ. ހިތަދަތިކަންވެސް ކުރިމަތިވާނެއެވެ. "މޫޑީ" ދުވަސްތައް އަންނާނެއެވެ. ނެގިމަޑުވެފައި ހުރެވޭ ދުވަސްތައްވެސް ކުރިމަތިވާނެއެވެ. 

އެފަދަ ޙާލަތެއް ކުރިމަތިވުމުން އެކަމުގެ ވާހަކަތައް މީސްތަކުންނަށް ކިޔައިދީ އެކަން މެދުވެރިވި ސަބަބު އޮޅުންފިލުވަން އެންމެގާތް އެކުވެރިންނާއިވެސް ސުވާލުނުކުރާށެވެ! އެމީހުންނަކަށް އެކަމުގެ ސަބަބެއް ނުއެނގޭނެއެވެ. އަދި ތިބާގެ ޠަބީޢަތަށް ބަދަލު އައި ސަބަބު ނުވަތަ ތިބާއަށް ކުރިމަތިވި ކަންކަން ކުރިމަތިވަން މެދުވެރިވި ސަބަބު ތިބާއަށްވުރެ ބޮޑަށް އެހެން މީހަކަށް އެނގޭނެ ކަމަށްވެސް ހީނުކުރާށެވެ! 

އެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް އެއްވެސް މީހަކުގެ ކިބައިން އެހީތެރިކަމަށް ނުއެދޭށެވެ! ތިބާ އުފެއްދެވި އަދި އުފާވެރިކަމާ ހިތްދަތިކަންވެސް މިންވަރުކުރައްވަވާ ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ! ﷲ ތައާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! 

ތިބާގެ މައްސަލަތައް ޙައްލުކުރައްވަވައި ދެއްވެވޭނީ ހަމަ ﷲ ތަޢާލާއަށެވެ. އެކަން ޤަބޫލުކޮށް ޢަމަލުކުރާމީހާއަށް މަްސަލަތަކާއި ހިތްދަތިކަން މެދުވެރިވުން މަދުވާނެއެވެ. އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް