އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދަކީ ކޮވިޑުން ސަލާމަތްވުމުގެ އުންމީދު އައުވެގެންދާ ދުވަސް: ރައީސް

މިއަދަކީ ކޮވިޑުން ސަލާމަތްވުމުގެ އުންމީދު އައުވެގެންދާ ދުވަސް: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މިއަދަކީ ކޮވިޑުން ސަލާމަތްވުމުގެ އުންމީދު އައުވެގެންދާ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ކޮވިޑް ވެކްސިނާއި ގުޅޭގޮތުންޤައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މިއަދަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސް ކަމަަށާއި، އެކަމަށްޓަކައި އެންމެ ފުރަތަމަވެސް ﷲ އަށް ހަމްދާއި ޝުކުރު ކުރާ ކަމަށެވެ. އަދި މިއަދު ރާއްޖެއަށްލިބޭ ވެކްސިން ޝިޕްމެންޓަކީ އިންޑިއާގެ އެހީތެރިކަމާއި އެކު ލިބޭ އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއްކަމަށެވެ. އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށް، ސިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު