އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅުން ބޮމެއްފަދައިން ގޮއްވާލެވެނީ ގޮއްވައިލެވޭނެ "އެމިޔުނިޝަން" ދޭތީ! ސިއްރުތައް ހިފަހައްޓާނަމަ ގޮއްވައެއް ނުލެވޭނެ!: މުފްތީ މެންކް

ދިރިއުޅުން ބޮމެއްފަދައިން ގޮއްވާލެވެނީ ގޮއްވައިލެވޭނެ "އެމިޔުނިޝަން" ދޭތީ! ސިއްރުތައް ހިފަހައްޓާނަމަ ގޮއްވައެއް ނުލެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ތިބާގެ ދިރިއުޅުމުގެ ތެރެއިން އެއްވެސް މީހަކަށް ނުއެނގޭ ސިއްރުކުރެވިފައިވާ ކަމަކަށް ހުރަސް އަޅައި ގެއްލުންދޭން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެއީ އެމީހަކަށް އެކަންކަން ނުއެނގޭނެތީއެވެ. ވީމާ ދިރިއުޅުމަށް ގެއްލުންދީ ބޮމެއްފަދައިން ގޮށްވައިލެވޭނެ "އެމިޔުނިޝަން" އެއްވެސް މީހަކަށް ނުދޭށެވެ! 

ކިތަންމެ ގާތް މީހަކަށް ނަމަވެސް ކޮންމެހެން އެނގެން ޖެހޭނެ މައުލޫމާތެއް ނޫނީ ތިމާގެ އަމިއްލަ ދިރިއުޅުމާއިބެހޭ ގޮތުން އެއްވެސް މީހަކަށް ނުދޭށެވެ! މީހުންނަށް ކިޔައިނުދޭނަމަ އެނގޭނެ ގޮތެއް ނުއޮންނާނެއެވެ. ނުއެނގޭކަމެއް ހުއްޓުވަން ނުވަތަ ގެއްލުންދޭން ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. 

އިންސާނުންގެތެރޭގައި އެހެން މީހުންނަށް ލިބޭ ނިޢްމަތްތަކަށް ދަހިވެތިވެ އެހެން މީހުންނަށް ލިބޭ އުފަލާއި ހިތްހަމަޖެހުމަށް ހަސަދަވެރިވާ އެކަންކަން ތިމާއަށް ފުރޮޅައިލަން ބޭނުންވާ ބައަކު އަބަދުވެސް ތިބޭނެއެވެ. އަދި ކޮންމެ މީހެއްގެ ގާތުގައިވެސް އެފަދަ ބައަކު އެކުވެރިންގެ ގޮތުގައިވެސް ތިބޭނެއެވެ. 

ވީމާ މީޙުންނަށް އަމިއްލަ ވާހަކަތައް ކިޔައިދިނުމުގައާއި ސޯޝަލްމީޑިއާގައި ހާމަކުރާއިރު މިކަންކަމަށް ވިސްނާށެވެ! އެކަންކަމަށް ވިސްނުމުގައި ފަރުވާކުޑަކުރެވިއްޖެނަމަ އެކަމުގެ ހިތާމަކުރަންޖެހުން ކައިރިވާނެއެވެ. ޝެއާކުރުމުގެ ކުރިން ފަހުން އެކަމާއި ހިތާމަކުރަން ނުޖެހޭނެކަން ޔަޤީންކުރާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް