އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކޮށްފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް ގދ. ތިނަދޫ، ގެލަ، އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު، އަދި ނައިބު ރައީސްކަމަށް މ. ހާދޫ، އަލްއުސްތާޛު ޙަސަން އިބްރާހީމް ޢައްޔަންކުރައްވައިފިއެވެ. މި ދެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވާފައި ވަނީ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) ގެ 88 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ. މި ދެބޭފުޅުން މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ 2021 ޖަނަވަރީ 20 ވަނަ ދުވަހުއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރަކީ 2019 މާރިޗު 25 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. އެ ބޭފުޅާ އެމްޕްލޯއިމަންޓް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ކިންގސްޓަން ޔުނިވަރސިޓީއިންނެވެ. މީގެ ކުރިން އެ ބޭފުޅާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ލީގަލް އޮފިސަރގެ މަޤާމާއި، ނެޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި އަލްއުސްތާޛު ޙަސަން އިބްރާހީމަކީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، 2020 މާރިޗު 16 އިން ފެށިގެން އެ ބޭފުޅާއަކީ އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. މީގެ ކުރިން އެ ބޭފުޅާ ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު