އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ދެއްވަވާނެކަން ޙަދީޘުން ސާބިތުވާ ބައެއް ޢަމަލުތައް

ސުވަރުގެ ދެއްވަވާނެކަން ޙަދީޘުން ސާބިތުވާ ބައެއް ޢަމަލުތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ސުވަރުގެ ލިބުން އެދިގެން މަސައްކަތްކުރާ މީހާ ވަރަށް ހީވާގިވާންޖެހޭނެއެވެ. އެހެނީ ސުވަރުގެ ލިބެން އޮތީ ވަރަށް ހީވާގިކަމާއިއެކު މަސައްކަތްކޮށްގެންނެވެ. މި ބަޔާންކުރަނީ އެގޮތުން ކުރެވިދާނެ ބައެއް ޢަމަލުތަކެވެ. 

1 މީސްތަކުންގެ މެދުގައި ސަލާމްފަތުރާ (ގިނަގިނައިން ސަލާމްކުރާ) މީހަކަށްވާށެވެ!

2 ނިކަމެތިންނަށް ކާންދޭށެވެ!

ގާތްތިމާގެ މީހުންނަށާ ރައްތެހިންނަށްވެސް އަދި ފަޤީރުންނަށްވެސް ކާންދޭށެވެ. އިތުރުވާތަކެތި އުކާނުލައި ބަންދުކޮށްލައިގެން ގެންގޮސްފަޤީރުންނަށް ކާންދޭށެވެ. 

3 ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ!

ޢާއިލާގެ މީހުންނަށް އެހީތެރިވާށެވެ! ހަސަދަވެރިނުވާށެވެ! ޚިޔލުތަފާތުވާ ކަމެއް އޮތް ނަމަވެސް ވާހަކަދައްކައި އަވަހަށް ޙައްލުކުރާށެވެ! 

4 ދަމުނަމާދުކުރާށެވެ! 

ދަމުނަމާދު ނުކުރާ މީހަކީ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު ދައުވަތު ޤަބޫލުކުރަން ފަސްޖެހިގެން ހުންނަ މީހެކެވެ. އެކަމަށް ކަންނެތްވެ ނިދާފައި އޮވެގެން ﷲ ތަޢާލާގެ ރަޙްމަތަށް އެދޭކަމަސް ބުނެވޭނީވެސް ކިހިނަކުންހެއްޔެވެ؟ ދުޢާ ކުރަން އޮތް އެންމެ ރަނގަޅު ވަގުތު ކަމުގައިވާ ރޭގަނޑުގެ ފަހު ދަންފަޅީގައި ދުޢާނުކުރާ މީހަކަށް އެމީހާކުރާ ދުޢާ ޢިޖާބް ނުކުރައްވަވައިގެން ޝަކުވާކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

5 ބަލިމީހުންނަށް ޒިޔާތްކުރާށެވެ! 

ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ! އެމީހުންގެ ޙާލުބަލާށެވެ! ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ! ބަލިމީހާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ! 

6 ﷲ ތަޢާލާއަށްޓަކައި މީސްތަކުންނާއި ބައްދަލުކުރާ މީހަކަށްވާށެވެ! 

އެމީހަކަށް ވެވެން އޮތްވަރަކުން މީސްތަކުންނަށް ޒިޔާރަތްކުރާށެވެ! އެމީހަކީ ޢާއިލާގެ މީހަކަށްވީނަމަވެސް ނުވިނަމަވެސްމެއެވެ. އެކަމަކީ ﷲ ތަޢާލާއަށްޓަކައި ކުރާކަމަކަށް ހަދާށެވެ! 

ސުވަރުގެ ޙާޞިލުކުރަން ކުރެވެން ހުރި މިފަދަ އެތައް ކަމެއް އެބަހުއްޓެވެ. ސުވާލަކީ މިފަދަ އެއްވެސް ކަމެއް، އެންމެ ޢަމަލެއްނަމަވެސް އެބަކުރަމުހެއްޔެވެ؟ ސުވަރުގެ އެދޭނަމަ ކުރަންވީ އެންމެ ޢަމަލެއް ނޫނެވެ. ކުރެވުނުހައި ގިނަ ޢަމަލެކެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ކުރެވޭ ކޮން ޢަމަލުތަކެއްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ އޮތީ ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމެވެ. އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް