އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފުކުރާ މީހާގެ ޤަދަރު ﷲ މަތިވެރިކުރައްވަވާނެތެވެ!

މާފުކުރާ މީހާގެ ޤަދަރު ﷲ މަތިވެރިކުރައްވަވާނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

މާފުކުރުމަކީ ގިނަބައަކަށް ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ! ނަމަވެސް މާފުކުރުން ގިނަކުރާށެވެ! މާފުކުރުން ގިނަކުރި ވަރަކަށް އެމީހަކަށް ﷲ ތައާލާގެ ރަޙްމަތްފުޅު ދާނީ އިތުރުވަމުންނެވެ. 

ﷲ ތައާލާ އީ ގިނަގިނައިން ފާފަ ފުއްސަވައި ދެއްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެއެވެ. ވީއިރު ﷲ ތަޢާލާއަށް އީމާންވެގެން ތިބި މީސްތަކުން މާފުކުރަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ 

ލިބޭ މައުލޫމާތުގެ އަލީގައި ޔަޤީންކަމާއިއެކު ބުނަމެވެ. އެކަކު އަނެކަކަށް މާފުކުރާ ދެމަފިރިންނަށްވުރެ އުފަލުގައި ދިރިއުޅެވޭނެ ބައަކު ނުތިބޭނެއެވެ. މިއީ ދުނިޔެ ސާބިތުކޮށްދީފައިވާ ކަންކަމެވެ. ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ އެންމެ އުފާވެރި ޙަޔާތެކެވެ. ވީއިރު އެކަން ލިބިގަތުމަށްޓަކައި މާފުކުރާ ބައަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ގޮތް ދޫނުކޮށް މާފުކުރަން ފަސްޖެހި އެކަކު އަނެކަކު ނިކަމެތިކޮށްލުމުގެ ވިސްނުންވެސް ނުގެންގުޅޭށެވެ. އެފަދައިން ކަންކަން ކުރާނަމަ އެމީހަކު ﷲ ތަޢާލާ މީސްތަކުންގެ ކުރިމަތީގައިވެސް ނިކަމެތިކުރައްވަވާނެތެވެ. 

ދުނިޔޭގައި ކުރާ ހަނގުރާމަތަކާ ހިންގާ ޖަރީމާތަކާއި ހަމަނުޖެހުންތަކާއި އަދި އެންމެ ކުޑަމިނުން ކައިވެނި ރޫޅުމުގެ މައްސަލަތަކަށް ބެލި ނަމަވެސް މިފަދަ ހުރިހާ ކަންކަމެއްގެ އަޞްލަކަށްވެފައި އޮންނަނީ އެކަކު އަނެކަކަށް މާފު ނުކުރުމެވެ. މާފުކުރުމަކީ ކުރަން އެންމެ ފަސޭހަ އަދި އެންމެ ފައިދާހުރި ކަންތައް ނަމަވެސް ގިނަ ބައަކަށް އެކަންވެފައި އޮންނަނީ ކުރަން އެންމެ ދަތި އުނދަގޫ ކަންތަކަށެވެ. 

އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މާފުކުރުމުން އެމީހާގެ ޤަދަރު ވެއްތޭނެ ކަމަށެވެ. ހައިބަތަށް އުނިކަން އަންނާނެ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް ނޫނެވެ. މާފުކުރުމުން އެމީހާގެ ޤަދަރު ދާނީ އުފުލިގެންނެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މާފުކުރާ މީހާގެ ޤަދަރާ އިޙްތިރާމް ﷲ ތަޢާލާ އިތުރުކުރައްވަވާނެ ކަމަށެވެ. 

Prophet Muhammad (ﷺ) said: 

"Charity does not in any way decrease the wealth and the servant who forgives Allah adds to his respect, and the one who shows humility Allah elevates him in the estimation (of the people). "Sahih Muslim 2588

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް