އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވެލި ޝޮޕްތަކުން ލޮނުމިދު ކިލޯއެއް ސަތޭކަރުފިޔާއަށް، ހޯލްސޭލްކޮށް ނުވަދިހަ ރުފިޔާއަށް!

އުފަންވެލި ޝޮޕްތަކުން ލޮނުމިދު ކިލޯއެއް ސަތޭކަރުފިޔާއަށް، ހޯލްސޭލްކޮށް ނުވަދިހަ ރުފިޔާއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ބާޒާރުގެ ބައެއް ފިހާރަތަކުން ލޮނުމިދު ކިލޯއެއްގެ އަގު 150 ރުފިޔާއަށް އުފުލާފައިވީނަމަވެސް އުފަންވެލި ޝޮޕްތަކުން ލޮނިމިދު ކިލޯއެއް ވިއްކަމުންދަނީ ރީޓޭލްކޮށް 100 ރުފިޔާއަށް އަދި ހޯލްސޭލްކޮށް 90 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތަކުން ބުނީ މިއަގުތަކަށް އުފަންވެލި ޝޮޕް މާލެ އަދި ހުޅުމާލެއިންނާއި އުފަންވެލި ހޯލް ސޭލް ފިހާރަ އަދި އުފަންވެލި ބާޒާރު ފިހާރައިންވެސް ލިބެން ހުންނާނެ ކަމަށެވެ. 

"ދުނިޔޭގެ ބާޒާރުގައިވެސް މިވަގުތު ލޮނުމިދުގެ އަގު ވަނީ އުފުލިފަ. ރާއްޖޭގެ ބާޒާރުގަ ވެސް މިވަގުތު ތަންކޮޅެއް މަދު. އިތުރު ޝިޕްމަންޓެއް 3 ދުވަސްވަރުތެރޭގަ އެބަ ލިބޭ. ލިބުނީމަ މިހާރަށްވުރެ ހެޔޮ އަގުގަ ވިއްކާނަން." ކަމަށްވެސް އުފަންވެލި ޝޮޕުން ބުނެފައިވެއެވެ. 

އުފަންވެލި ޝޮޕްތަކަކީ ރާއްޖެއަށް އެންމެ ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތެރެކޮށް އެންމެ ހެޔޮއަގުގައި ހޯލްސޭލްކޮށް އަދި ރޫޓޭލްކޮށް ވިއްކަމުން ގެންދާ، ކަސްޓަމަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވާ ފިހާރަތައްކަން ފާހަގަކުރެވެއެވެ. 

ބާޒާރުގައި މުދަލުގެ އަގު އުފުލުނު ނަމަވެސް ވީހައި ހެޔޮ އަގުތަކަށް އުފަންވެލި ޝޮޕްތަކުން ވިއްކާކަން ކަސްޓަމަރުން ފާހަގަކުރެއެވެ. ކޮވިޑާއި ގުޅިގެން މުދަލުގެ އަގު ބާޒާރުގައި އުފުލުނު ދުވަސްތަކުގައިވެސް، އަދި ބާޒާރުން ބައެއް ބާވަތްތައް މަދުވުމުން އަގުބޮޑުކުރާއިރުވެސް އުފަންވެލި ޝޮޕްތަކުން ހެޔޮ އަގުގައި ވިއްކާކަންވެސް ކަސްޓަމަރުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް