އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠޯނާއަށް ތިބާ އާއި ވައިވެސް ނޭޅެވޭނެ މަގު!: މުފްތީ މެންކް

ޝައިޠޯނާއަށް ތިބާ އާއި ވައިވެސް ނޭޅެވޭނެ މަގު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދެނީ ގޭގެ ދޮރުތައް ތަޅުލައި އަދި ތަންޑުވެސް އެޅުމަށެވެ. އެއީވެސް ކުރަންޖެހޭ ކަމެއް ނަމަވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ޝައިޠޯނާއަށް ތިބާގެ ހިތުގެތެރެއަށް ވަދެވެން ހުރި ދޮރުތައް ތަޅުލައި ތިބާ އާއި ކައިރިވެސް ނުވެވޭނެ ގޮތް ހެދުމަށެވެ. 

ޝައިޠޯނާއަށް ތިބާ އާއި ކައިރިވެވެން ހުރި މަގުތައް ބަންދުކުރަން ކުރަންޖެހޭ ފުރަތަމަކަމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. އެއަށްފަހު މީސްތަކުންނަށް އޯގާތެރިވެ ހެޔޮކޮށްހިތުމެވެ. މީސްތަކުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރުމެވެ. 

ލިބޭ ކޮންމެ ހުސްވަގުތުކޮޅަކީ ﷲ ތައާލާގެ މަތިން ހަނދުމަކުރާ ވަގުތަކަށް ހަދާށެވެ! އަދި ކަންކަމުގައި އުޅޭ ވަގުތުތަކުގައިވެސް ވީވަރަކުން ﷲ ތައާލާގެމަތިން ހަނދުމަކުރާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހުންގެ މަތިން ﷲ ތައާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާ މީހަކަށް ވެވިއްޖެނަމަ ޝައިޠޯނާއަށް އެމީހަކާއި ވައިވެސް ނޭޅެވޭނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް