އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާލާ އިސްލާމްވުމަށްފަހު މުޅި ދުނިޔެއަށް ދޭންބޭނުންވާ މެސެޖް-: "ބޮޑުކަމެއް ޖެހެންދެން މަޑުނުކޮށް އަވަހަށް އިސްލާމްވޭ!"

އާލާ އިސްލާމްވުމަށްފަހު މުޅި ދުނިޔެއަށް ދޭންބޭނުންވާ މެސެޖް-: "ބޮޑުކަމެއް ޖެހެންދެން މަޑުނުކޮށް އަވަހަށް އިސްލާމްވޭ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

"ކްރިސްޓިއަން ދީން އަމިއްލައަށް ދޫކޮށްލައި އިސްލާމްވުމަށްފަހު އުޚުތު އާލާ މުޅި ދުނިޔެއަށް ގޮވާލަނީ ތިމާއަށް ބޮޑު ކަމެއް ޖެހެންދެން ނުވަތަ ޢަޖައިބުކުރުވަނިވި ހުވަފެނެއް ފެންނަންދެން މަޑުނުކުރާށެވެ." 

"އަހަރެންނަކީ ކުރިން ވަރަށް ކަންބޮޑުވެގެން އުޅުނު އަންހެނަކީމެވެ. ވަރަށް ރުޅިވެސް ގަދަވެއެވެ. ނަމަވެސް ﷲ ތަޢާލާގެ ދީނަށް ވަދެވުމާއިއެކު ހިތްހަމަޖެހުން ލިބިއްޖެއެވެ. ހާސްވެ ކަންބޮޑުމާއި ރުޅިއައުން މުޅިން ފިލައިގެން ހިނގައްޖެއެވެ." 

މިއީ އަލަށް އިސްލާމްވި ޔޫކްރޭނަށް ނިޞްބަތްވާ ޢާލާ މުޅި ދުނިޔެއަށް ދޭން ބޭނުންވާ މެސެޖެވެ. 

އާލާ އިސްލާމްވި ސަބަބެއްކަމަށް ބުނީ ފާފަ ފުއްސަވައިދެއްވެވުން އެދި ދަންނަވަން ފާދިރީން މެދުވެރިކުރަންޖެހުނު ނަމަވެސް އެމީހުންނަށް އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ބުނުމެވެ. އެހެންވެ ސީދާ ﷲ ތަޢާލާއަށް ދަންނަވައި މުޢާމަލާތުކުރެވޭ ދީނެއް އިޚްތިޔާރުކުރީކަމަށެވެ. 

އަޅުގަނޑުމެން މިތިބީ ﷲ ތައާލާއަށް އީމާންވެ މުސްލިމުންގެ ގޮތުގައެވެ. ކޮށްލަން ޖެހޭ ކަމަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެލުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ ފުރިހަމަ ގޮތުގައި ޢަމަލުކުރުމެވެ. އެއިރުން އާލާފަދައިން އަޅުގަނޑުމެންގެ ކަންބޮޑުވުންތައްވެސް ފިލައި ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުމެން ވެސް އެކަކު އަނެކަކަށް މިމެސެޖް ދޭން އެބަޖެހެއެވެ. ޢިބާރާތުގެ ކުޑަކުޑަ ތަފާތަކާއިއެކުގައެވެ. "ބޮޑުކަމެއް ޖެހެންދެން މަޑުނުކޮށް އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވާށެވެ. ހުރިހާ ކަންބޮޑުވުންތާއި ހާސްކަން ފިލައިގެންދާނެތެވެ! އިން ޝާ ﷲ"

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް