އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުއަގުގަ ގަންނަ ތަކެތި އަވަހަށް ހަލާކުވެފައި އަގުހެޔޮކޮށް ގަންނަ ތަކެތި ގިނަ ދުވަހު ބޭނުންކުރެވޭ ސަބަބު!

ބޮޑުއަގުގަ ގަންނަ ތަކެތި އަވަހަށް ހަލާކުވެފައި އަގުހެޔޮކޮށް ގަންނަ ތަކެތި ގިނަ ދުވަހު ބޭނުންކުރެވޭ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މަޝްހޫރު މަރުކާތަކުގެ ތަކެތި ބޮޑު އަގު ދީފައި ގަންނަނީ ގިނަ ދުވަހު ގެންގުޅެވޭނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް މެދުވެރިނުވެވެސް އެބަދެއެވެ. ވީމާ އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އެއެއްޗެއް ހޯދުނުގޮތާއިމެދު ވިސްނާލަންވާނެއެވެ! ގަންނަން ކަރަދުކުރި ފައިސާ ހޯދިގޮތާއިމެދުގައިވެސް ވިސްނައިލަންވާނެއެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ބޮޑުއަގުދީފައި ގަންނަ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ އެއްޗެއް ވަރަށް އަވަހަށް ވެސް އެބަ ހަލާކުވެއެވެ. އަދި މާއަގުހެޔޮކޮށް ގަންނަ މަޝްހޫރު ބްރޭންޑެއްގެ ނޫން އެއްޗެއް މާގިނަ ދުވަހު އެބަ ގެންގުޅެވެއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟

އެފެންނަނީ މިބުނި ކަންތަކެވެ. އެއްޗެއްގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ ހީވެސް ނުކުރެވޭހައި ގިނަ ދުވަހު ކިތަންމެ ދެރަ އެއްޗެއް ވެސް ބޭނުންކުރެވިދާނެއެވެ. ވީމާ އެމީހާގެ ކިބައިގައި ފުދުންތެރިކަން ނެތްނަމަ ޙަލާލް ނޫން ގޮތްގޮތުން ފައިސާ ހޯދައިގެން އަގުބޮޑު ތަކެތި ހޯދިނަމަވެސް އެކަމުގެ ފައިދާ ނުފެނިދާނެއެވެ. 

ހަލާލް ނޫން ގޮތަކުން ތަކެތި ހޯދުމުން ޤިޔާމަތް ދުވަހު ޢަޛާބު ދެއްވެވުމުގެ އިތުރުން މިދުނިޔޭގައިވެސް އެކަމުން ފައިދާނުކޮށްހިނގައިދާނެއެވެ. ޙަލާލްކުރަންވީ ހަމައެކަނި ކާބޯތަކެއްޗެއް ނޫނެވެ! ބޭނުންކުރާ ހުރިހާ އެއްޗެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް