އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުކުރެވޭ ހެޔޮ ޢަމަލަށްވެސް ޘަވާބު ލިބޭނެ މަގު މިއޮތީ!: މުފްތީ މެންކް

ނުކުރެވޭ ހެޔޮ ޢަމަލަށްވެސް ޘަވާބު ލިބޭނެ މަގު މިއޮތީ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ކޮންމެ ދުވަހަކު އެދުވަހު ކުރާނެ ހެޔޮ ޢަމަލުތަކުގެ ތާވަލެއް އެކުލަވައިލާށެވެ! އަދި އެތާވަލާއި އެއްގޮތަށް ކަންކަން ކުރަން އެމީހަކަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާށެވެ! 

އަހަރެމެން ތާވަލު ރޭވިނަމަވެސް އަދި ޢަމަލުކުރަން މަސައްކަތްކުރިނަމަވެސް ތަންފީޒުކުރެވޭނީ ﷲ ތައާލާ މިންވަރުކުރެއްވެވި ވަރަކަށެވެ. ވީމާ ބައެއް ތަންފީޒު ނުކުރެވި އޮތް ނަމަވެސް ކަންބޮޑުނުވާށެވެ! 

ނިޔަތްގަނެ ޢަމަލުކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމުން ދެން ނުކުރެވި އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ތިބާގެ ނިޔަތާއި ތަންފީޒުކުރަން ކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތަންފީޒު ނުކުރެވި އޮތްބައަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވެވުމަށް އުންމީދުކުރާށެވެ! 

ނިޔަތްގަނެ ތަންފީޒުކުރަން މަސައްކަތްކުރުމަކީވެސް ޘަވާބު ދެއްވަވާ ޢަމަލެކެވެ. ވީމާ ނުކުރެވި ދިއަ ކަންކަމަށް މާޔޫސް ނުވެ އަނެއް ދުވަހުވެސް ތާވަލެއް އެުލަވާލައި ތަންފީޒުކުރަން މަސައްކަތްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް