އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަލަކުވޮޑިގެންވާކަން ޤަބޫލުވެސް ނުކޮށްހުރި އަންހެން ކުއްޖަކަށް ޖިންނީގެ އުނދަގޫ ފޯރުމުން ﷲ އަށް ކުރި ދުޢާ—ވަގުތުން ޢިޖާބަކުރެއްވެވި!

ކަލަކުވޮޑިގެންވާކަން ޤަބޫލުވެސް ނުކޮށްހުރި އަންހެން ކުއްޖަކަށް ޖިންނީގެ އުނދަގޫ ފޯރުމުން ﷲ އަށް ކުރި ދުޢާ—ވަގުތުން ޢިޖާބަކުރެއްވެވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އޭނާބުނެފައިވަނީ އޭނާގެ އުމުރުން 21 އަހަރުވަންދެން ދިރިއުޅެމުން އައީ ކަލަކުވޮޑިގެންވާކަން ޤަބޫލުނުކުރާ އަންހެނެއްގެ ގޮތުގައިކަމަށެވެ. އެތީސްޓެއްގެ ގޮތުގައި ކަމަށެވެ. 

އޭނާ އުޅޭގޭގައި ޖިންނީގެ އުނދަގޫތަކެއް ފޯރަމުންދިއައެވެ. ނަމަވެސް އޭނާއަކަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. ޤަބޫލުކުރެވޭ ހިސާބަށް ކަންކަން ދިއައީ ގޭގެ ބޮކި ނިއްވާ/ދިއްލައި ހެދުމުގެ އިތުން ނިދާ ކޮޓަރީގެ ބޮރުގައި ބޭރުންޖެހިގަތުމުންނެވެ.

އެވަގުތު އޭނާއަށް ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އެހީތެރިވެދެވިދާނެފަރާތަކާއިމެދު ސުވާލުކުރވުނެވެ. އަދި މަދަދަށް އެދި ދެންނެވީ ﷲ ތަޢާލާއަށެވެ. އެހިސާބުން އޭނާކުރި ދުޢާ ޢިޖާބެކުރެއްވެވިތަން ފެނިގެން ދިއައެވެ. 

ކޮންމެއަކަސް މިއަދު އޭނާއަކީ "އުފަން މުސްލިމަކަށްވުރެ" ބޮޑަށް އިސްލާމް ދީނަށް ޚިދުމަތްކުރަމުން ގެންދާ ބޭކަނބަލެކެވެ! އޭނާ ބުނަނީ އޭނާކުރާ ކަމެއް އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރާނެ ކަމަށާއި އެގޮތުން އިސްލާމް ދީނަށް ޚިދުމަތްކުރުމުގައިވެސް ނަމޫނާ ދައްކާނެ ކަމަށެވެ!

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް