އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެކުހުގެ ސުންގަޑިތަކަށް ސަމާލުވާން މީރާއިން އިލްތިމާސްކޮށްފި

ޓެކުހުގެ ސުންގަޑިތަކަށް ސަމާލުވާން މީރާއިން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

މި ދުވަސްވަރަކީ ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާ ދުވަސްވަރަކަށް ވާތީ، ޓެކްސް ދައްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަޑިތަކުގައި ޚިދުމަތް ހޯދުމަށް މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުވާން މީރާއިން އިލްތިމާސްކޮށްފިއެވެ.

މި ހިނގަމުންދާ ޖަނަވަރީ މަހުގެ ފަހު ހަފްތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފްތާއެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ގޮތުން، 28 ޖަނަވަރީ 2021 ވަނަ ދުވަހަކީ ޑިސެންބަރު 2020 އަދި 2020 ގެ 4 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ. އަދި، 31 ޖަނަވަރީ 2021 ވަނަ ދުވަހަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ.

މީރާއިން ބުނެފައިވަނީ ވޭތުވެ ދިޔަ އަހަރުތަކަށް ބަލާލާއިރު، މި ފަދަ ސުންގަޑިތަކަކީ ވަރަށް ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރާ ސުންގަޑިތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް، މި ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދެމުން ގެންދާތީ ޚިދުމަތް ދޭ ކައުންޓަރުތައް މަދުވާނެ ކަން ފާހަގަކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި ދުރާލާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މީގެ އިތުރުން، ޖީ.އެސް.ޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށް ވެފައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާތީ، ކޮވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދިނުމަކީ މީރާގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ޖީ.އެސް.ޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރުޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެކަން މީރާއިން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް