އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުންނަތް ރޯދަ ހިފަން އިބިލީސް ހުރަސްއަޅާ ސަބަބު!

ސުންނަތް ރޯދަ ހިފަން އިބިލީސް ހުރަސްއަޅާ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ބައެއް މީހުން ސުންނަތް ރޯދަހިފަން ކަންބޮޑުވެއެވެ. އެފަދަ ބައެއް މީހުންގެ ވިސްނުމުގައި ހުންނަނީ އެކަމުން ތިމާއަށް އެއްވެސް ފައިދާއެއް ކުރާނެ ހެއްޔެވެ؟ 

މިފަދަ ވިސްނުން އަންނަނީ ޝައިޠޯނާގެ ސަބަބުންނެވެ. ޝައިޠޯނާ ބުނާނެއެވެ! "ތިބާއަށްވަނީ މިހައި ގިނަ ޢަދަދެއްގެ ނަމާދު ނުކުރެވިއެވެ. މިހައި ބޮޑެތި ޚިޔާނާތްތައްވެވިފައެވެ. މިވެނި އެވެނި ކަމެއް ކުރެވިފައެވެ. ވީއިރު އެކަންކަން ފުރިހަމަނުކޮށް ތިބާ ހިފާ ރޯދައިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟" 

އެއްވެސް ޙާލެއްގައި މިއީ އެކަން އޮތްގޮތެއް ނޫނެވެ. ތިމާއަށް މިވެނި އެވެނިކަމެއް ނުކުރެވި އޮތީތީ ނުވަތަ މިވެނި އެވެނި ފާފައެއް ނުކުރެވި އޮތީތީ އެއްވެސް އަޅުކަމެއް ނުކޮށް ނުހުންނާށެވެ! ވީހައިގިނަ އަޅުކަންކުރާށެވެ! ނުކުރެވިހުރިކަންކަމަށް ޢަފޫކުރައްވަވާނީވެސް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނީވެސް ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމުންނެވެ. 

ސުންނަތް ރޯދަހިފުން ގިނަކުރާށެވެ! ހޯމަ ދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފުމާއި ހަނދުމަހުގެ 13،14،15 މި 3 ދުވަހު ރޯދަހިފުމަކީ އެކަމުގެ ފައިދާ އިންތިހާއަށް ބޮޑުކަން ސުންނަތުން ސާބިތުވާ ކަންކަމަކެވެ. ހިފާ ކޮންމެ ރޯދައަކީ ނަރަކައާއި އެމީހަކާއި 70 އަހަރަށް ދުރަސް ޖައސައިދޭނެ ކަމެކެވެ. ޝައިޠޯނާ އެ ހުރަސްއަޅަނީ އެ ނިޢްމަތް ލިބުނަ ނުދިނުމަށެވެ. 

މުސްލިމުންނަށް އޮތީ ފަހަތަށް އެނބުރިބެލުމެއް ނޫނެވެ. އަބަދުވެސް ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރުމެވެ. ކުރިއަށްދާން މަސައްކަތްކުރާވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް