އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިފައިންގެ ވަޒީފާ އެދި ފޯމް ހުށައެޅުން ޖަނަވަރީ މަހުގެ ނިޔަލަށް !!

ސިފައިންގެ ވަޒީފާ އެދި ފޯމް ހުށައެޅުން ޖަނަވަރީ މަހުގެ ނިޔަލަށް !!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ސިފައިންގެ ވަޒީފާ އެދި ފޯމް ހުށައެޅުން 31 ޖަނަވަރީ 2021 އަށް މުއްދަތު ހަމަވާނެއެވެ.

ސިފައިންގެ ވަޒީފާއަށް އެދި 2020 ޑިސެންބަރ 31 ނިޔަލަށް ހުށައެޅި ފަރާތްތަކަށް އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ސިފައިންގެ ނޮދަން އެރިއާ، ސަދަން އެރިއާ، ސެންޓްރަލް އޭރިއާގައި ދަނީ ބާއްވަމުންއެވެ. 

މިހާތަނަށް 700 އަށްވުރެ ގިނަ ފޯމް ވަނީ ލިބިފައި. އަދި ޖަނަވަރީ މަހުގައި ވަޒީފާ އަށް އެދި ފޯމް ހުށައަޅާ ފަރަތްތަކުގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ބާއްވާނެއެވެ.

ތާރީޚެއް ވަރަށް އަވަހަށް ތާވަލްކޮށް، ފޯމް ހުށައެޅި ފަރާތްތަކާ ގުޅުމުގެ މަސައްކަތަށް ދަނީ ތައްޔާރު ވަމުން.

ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ޖުމްލަ އަދަދަކީ 759. މީގެ ތެރޭގައި 112 އަންހެނުންނާއި 647 ފިރިހެނުން ހިމެނޭއެވެ.

ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.ނައިފަރު، ހދ.ކުޅުދުއްފުށީގައެވެ. މީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އެރިއާ ލ.ކައްދޫ އާއި ލ.ފޮނަދޫ އާއި ލ.ގަން އާއި ފ.ނިލަންދޫ އާއި މ.މުލީގައި އިންޓަވިއުތައް ބާއްވާފައިވެއެވެ.

އަދި އެމްއެންޑީއެފް ސަދަން އޭރިއާ އައްޑޫސިޓީ ހިތަދޫ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ގައި އިންޓަވިއުތައް ވަނީ ބާއްވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު