އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރަން ބޭނުންވާ މީހާއަށް މިގޮތަށް މާކްސްދޭނަމަ ކާމިޔާބީ ވަރަށް ބޮޑުވާނެ!: މުފްތީ މެންކް

ކައިވެނިކުރަން ބޭނުންވާ މީހާއަށް މިގޮތަށް މާކްސްދޭނަމަ ކާމިޔާބީ ވަރަށް ބޮޑުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ކައިވެނިކުރަން ބޭނުންވެގެން މީހަކު އެކަން ހުށަހަޅައިފިނަމަ އެމީހަކަށް މާކްސްދޭންޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އެގޮތުން ފުރަތަމަކަމަކަށް އެމީހާގެ ކިބައިގައި ދީންވެރިކަން، ތަޤްވާވެރިކަންހުރިނަމަ 1 ދޭށެވެ! 

ދެން ޢާއިލާ، ދިރިއުޅެންކުރާ މަސައްކަތް، ރީތިކަން، ޢިލްމްވެރިކަން ފަދަ ކޮންމެ ކަމަކަށް 0 އެކެއްގެ ކަނާތްފަޅީގައި ޖަހަމުން ގެންދާށެވެ. އެމީހަކީ ރަނގަޅު ގިނަ ސިފަތަކެއްހުރި މީހަކުނަމަ 1 މިލިއަންވެސް ހަމަވެދާނެއެވެ. 

ދީންވެރިކަމާއި ތަޤްވާވެރިކަމަށް 1 ދިނުމަށްފަހު މިގޮތަށް 0 އިތުރުކުރަންޖެހެނީ ވަރަށް މުހިންމު ސަބަބެއް އޮވެގެންނެވެ. އެއީ ދީންވެރިކަމާއި ތަޤްވާވެރިކަން ނެތްނަމަ ދެންހުރި އެއްވެސް ސިފައަކުން އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ. ވީމާ މިލިއަނަކަށް ޢަދަދު އެރިނަމަވެސް އެއިން 1 ނަގަންޖެހިއްޖެނަމަ ބާކީ އެއްވެސް އެއްޗެއް ނުއިންނާނެއެވެ. ހުންނާނީ ހުސް 0 އެވެ. 

މިއަދު ގިނަ ކައިވެނިތައް ރޫޅެމުންމިދަނީ މިބުނި ގޮތާއި ޚިލާފަށް މާކްސްދޭތީއެވެ! ދީންވެރިކަމާއި ތަޤްވާވެރިކަމަށް 0 ދީފައި ދެންހުންނަ ކަންކަމަށް އަދަދުތައްދޭތީއެވެ! 

މިބުނެދިން ވާހަކަކޮޅުން ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް