އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެދުނަމާދަކީ ޢަޞްރު ނަމާދުކަމަށް ބަލައި ނިންމައިނުލާށެވެ!

މެދުނަމާދަކީ ޢަޞްރު ނަމާދުކަމަށް ބަލައި ނިންމައިނުލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މެދުނަމާދަކީ ޢަޞްރުނަމާދުކަމަށް ބަލައި ބައެއް މީހުން ހަމައެކަނި ޢަޞްރްނަމާދަށް ސަމާލުކަން އިތުރުކުރެއެވެ. ނަމަވެސް އެކަން އެހައި ފަސޭހައިން އެގޮތަށް ނިންމައިނުލާށެވެ! މިއީ ދަންނަބޭކަލުންގެ މެދުގައިވެސް ޚިޔާލުތަފާތުވުން އޮތްކަމަކަށްވާތީއެވެ! 

އަހުރެން ބުރަވަނީ ޢައިޝަތުގެފާނުގެ ބަސްފުޅަށެވެ! އެއީ ދެ މެދުނަމާދު އެބަ އޮތް ކަމަށެވެ. 

ފުރަތަމަ ޢަޞްރް ނަމާދެވެ. ޢަޞްރް ނަމާދު މިއަންނަނީ ދުވާލުގެ ދެނަމާދުކަމުގައިވާ ފަތިސްނަމާދާއި މެންދުރުނަމާދާއި ރޭގަނޑުގެ ދެ ނަމާދުކަމުގައިވާ މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ މެދަށެވެ! ދެވަނައަށް ފަތިސްނަމާދު މިއަންނަނީ ރޭގަނޑުގެ ދެ ނަމާދުކަމުގައިވާ މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދުވާލުގެ ދެނަމާދުކަމުގައިވާ ޢަޞްރުނަމާދާއި މެންދުރުނަމާދުގެ މެދަށެވެ. 

އަދި މިދެ ނަމާދަށްބެލި ނަމަވެސް ދެނަމާދަކީވެސް މަލާއިކަތުންގެ ދިޔުޓީ ބަދަލުވާ ދެނަމާދެވެ! ދުވާލު ޑިޔުޓީގެ މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ފަތިސްނަމާދުގެ ވަގުތުގައެވެ. ރޭގަނޑު ޑިޔުޓީގެ މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ޢަޞްރުނަމާދުގެ ވަގުތުގައެވެ. ދެނަމާދުގެ ވަގުތުގައި ދެ ޑިޔުޓީގެ މަލާއިކަތުން ބައްދަލުވެވަޑައިގަންނަވާނެތެވެ! އަދި އެމީހާގެ ޚަބަރު ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާނެތެވެ! 

ވީމާ ދެ ނަމާދުގައިވެސް ކަންކަން މިހިނގަނީ ހަމައެއްގޮތަކަށެވެ. އެހެންކަމާއިއެކުގައިވެސް ގިނަބައަކު ޢަޞްރުނަމާދަށް ދޭ ސަމާލުކަން ފަތިސްނަމާދަކަށް ނުދެއެވެ. ފަތިސްނަމާދުގެ ޖަމާޢަތަށް ސަމާލުކަމެއް ނުދެއެވެ. ކޮންމެ ނަމާދެއްގެ ޖަމާއަތަށްވެސް ސަމާލުކަންދޭންވާނެއެވެ. ވަކިނަމާދެއް ޚާއްޞަކޮށްފައި އެހެން ނަމާދުތަކަށް ފަރުވާކުޑަނުކުރާށެވެ! މަލާއިކަތުންގެ ޑިޔުޓީ ބަދަލުވާ ދެ ނަމާދުކަމުގައިވާ ފަތިސްނަމާދާއި ޢަޞްރުނަމާދާއި ޢިޝާ ނަމާދަށް ސަމާލުކަން އިތުރުކުރާށެވެ! ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމަކީ ރޭގަނޑުގެ އެއްބައިގައި ރޭއަޅުކަންކުރުމުގެ ޘަވާބު ދެއްވަވާ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް