އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިންގެ މެދުގަ ލޯބި އާލާކޮށް ދިރުވުމަށާ ޢާއިލީ ދިރިއުޅުމާ ގެދޮރުގެ ބަރަކާތް އިތުރުކުރަންވެސް ކުރަންއޮތް ޢަމަލު-

ދެމަފިރިންގެ މެދުގަ ލޯބި އާލާކޮށް ދިރުވުމަށާ ޢާއިލީ ދިރިއުޅުމާ ގެދޮރުގެ ބަރަކާތް އިތުރުކުރަންވެސް ކުރަންއޮތް ޢަމަލު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

ﷲ ތަޢާލާ އެކަމެއްކުރަން އަމުރު ކުރެއްވެވި ކޮންމެ ކަމެއް ކުރަން އަންގަވާފައިވަނީ މީސްތަކުންނަށް ރަޙްމަތެއް ކަމުގައެވެ. އެކަމަކުން މީސްތަކުންނަށް ރަޙްމަތަޢާއި ބަރަކާތްލެއްވެވުމަށެވެ. މީސްތަކުންގެ ފައިދާއަށެވެ. 

ﷲ ތަޢާލާއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އެއްވެސް މަޚްލޫޤެއްގެ ކިިބައިން ކިތަންމެ ކުޑަކަމަކަށްނަމަވެސް އެކަލާނގެ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. 

﴿فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النور: 61]

މާނައީ: "ފަހެ، ތިއަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި، ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިއަަބައިމީހުން ސަލާމްކުރާށެވެ!

ﷲ ތައާލާ މިއާޔަތް ބާވައިލއްވަވާފައި އެވަނީ މީސްތަކުންނަށް ރަޙްމަތަކަށެވެ. ގެއަށް ވަންނަމުން މީހަކު ސަލާމްކުރުމަކުން އެކަލާނގެއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބިވޮޑިގަންނަވާނެތީއެއް ނޫނެވެ. ނަމަވެސް މިއަދު އެއްބައަކު ގެއަށް ވަންނަމުން ސަލާމެއް ނުކުރެއެވެ. ބަލަނީ ސިއްރުން ވަދެވޭތޯއެވެ! މިފަދައިން އަމަލުކުރަމުން ގެންދާ ބައެއް މީހުންގެ ބޭނުމަކަށްވެފައި އޮންނަނީ ވަގުހިފުމެވެ. ގޭގައި ތިބި ބައަކު އެއިރު ކުރަމުންގެންދާކަމެއް އޮޅުންފިލުވުމެވެ. 

ދެމަފިރިންގެ މެދުގައި މިހައި އިތުބާރުކުޑަވެގެން ދިރިއުޅުން ބާއްޖަވެރިކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ގޭގައި ކުރާ ކަންކަން ބަލަން ބޭނުންނަމަ މުޅި ގޭގައި ކެމެރާ ހަރުކުރެވެންވެސް މިހާރު އެބައޮތެވެ. އެމީހަކު ހުރިތަނެއްގައި ހުރެގެންވެސް ގޭގައި ހިނގާ ކަންކަން ބަލައިލުމުގެ ފުރުޞަތުވެސް އެބައޮތެވެ. ވީމާ ވަގުހިފުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް މިއަދު ބައިވަރެވެ. 

މީސްތަކުންނޭވެ! ހަމައެކަނި ގެއަށް ވަންނަމަކުން ނޫނެވެ. އަމިއްލައަށް ދިރިއުޅޭ ކޮޓަރިއަށް ވަންނަމުންވެސް ސަލާމްގޮވާށެވެ! އެތެރޭގައި މީހަކު ނެތްނަމަ އަމިއްލަ ނަފްސަށްވެސް ސަލާމްގޮވާށެވެ! ތިމާގެ ދިރިއުޅުމާއި ގެދޮރުގައި ﷲ ތަޢާލާ ރަޙްމަތް ލައްވަވައި ބަރަކާތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ ފުރަތަމަ ޙައްޤަކީ ލޯތްބާއި އޯގާތެރިކަމުގެ ކަލިމައެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތަޙިއްޔަތަކީ ސަލާމެވެ. ވީމާ ސަލާމްގޮވަންވީ ހަމައެކަނި ބައްދަލުވާ ބޭރު މީހުންނަކަށް ނޫނެވެ. ދެމްފިރިން އެކަކުއަނެކަކަށްވެސް ސަލާމް ގޮވާށެވެ! އަމިއްލަ ޢާއިލާގައިވެސް ސަލާމްގޮވުމާއި ސަލާމަށް ޢިޖާބަދިނުން ގިނަކުރާށެވެ! 

ރަސޫލު ﷲ صلى الله عليه وسلم ގެ މިޙަދީޘްފުޅުން އެނގެން އޮތްގޮތުގައި ދެމަފިރިންނަމަވެސް އެކަކު އަނެކަކަށް ސަލާމް ގޮވުމަކީ ދެމަފިރިންގެ މެދުގައިވެސް ލޯބި އުފެދި އިތުރުވެގެންދާނެ ޢަމަލެކެވެ. ވީމާ ދެމަފިރިންގެ މެދުގައި ލޯބި އާލާކޮށް ދަމަހައްޓަންވެސް ސަލާމްގޮވުން ގިނަކުރަންޖެހެއެވެ. 

"لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» " رواه مسلم / كتاب: الإيمان / باب: بيان أنه لا يدخل الجنة إلا المؤمنون / رقم: 93 – (54)]

މާނައީ: "ތިއަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިއަބައިމީހުން އެއްބައަކު އަނެއްބައަކު ދެކެ ލޯބިވެއްޖައުމަށްދާންދެން ތިއަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިއަބައިމީހުންގެ މެދުގައި ލޯބިއުފެދޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިއަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ".

الشيخ عبد البارئ بن عواض الثبيتي حفظه الله ވިދާޅުވެފައިވެއެވެ. 

"ސަލާމަކީ ހިތްތަކުގައިވާ ލޮބުވެތިކަމުގެ ތަޅުދަނޑިއެވެ. އަދި އެއީ ކޮންމެ ދޮރަކަށްވާ އިޛުނައިގެ ތަޅުދަނޑިއެވެ. އަދި ބަރަކާތް އިތުރުވުމުން ޙަޔާތަށް ކާނާ ލިއްބައިދެއެވެ. ސަލާމަކީ އަމާންކަމުގެ ގޮވާލުމެކެވެ. އަދި އަމާންކަމުގެ އަހުލުވެރިންގެ ޢަލާމާތެކެވެ. އޭގެ މާނަ އެނގިއްޖެމީހާ އެއަށް ޤަދަރުކުރެއެވެ. އަދި އޭގެ ޙަޤީޤަތާއި މަތިވެރިކަން އެނގިއްޖެމީހާ އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ ސުލޫކު ރަނގަޅުކުރެއެވެ. އަދި ދީނީގޮތުންނާއި ދުނިޔަވީގޮތުން އޭނާގެ މުޖުތަމަޢު ކުރިއަރައި ދެއެވެ."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް