އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާޚީރަތަށްޓަކައި ކުރެވޭނެ އެންމެ ހެޔޮ ޢަމަލު އަދި މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ-

އާޚީރަތަށްޓަކައި ކުރެވޭނެ އެންމެ ހެޔޮ ޢަމަލު އަދި މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އެންމެ ދިހަ ޑޮލަރެު ބަހާނަމަވެސް ކިޔޫގައި އެތައް ގަޑިއެއް ވަންދެން މަޑުކުރުމަކީ ތަކްލީފަކަށް ނުވެއެވެ. މީސްތަކުންގެ ކަންކަން މިޙާލަތުގައި އޮތްއިރު އިތުރަށް ވިސްނައިލަން ނުޖެހޭ ހެއްޔެވެ؟ އެންމެ އަގުބޮޑު ހަދިޔާއަކީ ހަމަ އަތަށް އަރާ ފައިސާ ހެއްޔެވެ؟ ނުވަތަ ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ހޫނުކަންގަދަ އަލިފާނުން ތިބާ ސަލާމަތްކުރުން ހެއްޔެވެ؟  

އަހުރެންގެ ނަޒަރުގައި ރައްޓެއްސަކަށް ނަމަވެސް ރައްޓެހި ނޫން މީހަކަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ އެމީހަކު ނަރަކައިން ސަލާމަތް ކުރެވޭތޯ މަސައްކަތްކޮށްދިނުމެވެ. ކުރެވޭ ފާފަތަކާއި ކުށްތައް ވިސްނައިދީ އެކަންކަމުން އެމީހަކު ސަލާމަތްކުރަން މަސައްކަތްކުރުމެވެ. އެ މަސައްކަތަކީ ހަމައެކަނި އުސްތާޛުން، ޝައިޚުން ނުވަތަ އިމާމުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ވަރަކުން އެ މަސައްކަތް ކުރަންވާނެއެވެ. އެމަސައްކަތް ކުރާ މީހަކަށް ތަޢާލާ ޙައްޤު އުޖޫރަ ދެއްވަވާނެކަން އެއީ ޔަޤީނުން އެގެންއޮތްކަމެކެވެ. 

މީސްތަކުން މިއަދު ފައިސާއަށް ނުވަތަ ދުނިޔޭގެ އެދުންތަކަށް ދަހިވެފައިވާ މިންވަރުބޮޑުކަމުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފައިސާ ދިނުމާއި ކާން ދިނުމާއި ކޮފީ ދިނުން ފަދަ ކަންކަން ކުރުމަކީ މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް ކަމަށެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. 

މީސްތަކުންނަށް ހެޔޮކޮށްހިތާށެވެ. އެކުވެރިންނާއި ގުޅުންބަދަހިކުރާށެވެ. އެންމެންނަށްވެސް އެމީހަކަށް ވެވުނުވަރަކުން އެހީތެރިވާށެވެ! ނަމަވެސް އެންމެ މަތިވެރި ޞަދަޤާތަކީ ހެޔޮލަފާ ނަޞޭޙަތްދިނުންކަން ހަނދާންނައްތައިނުލާށެވެ! އެންމެ މަތިވެރި ޢަމަލަކީ މީސްތަކުން ނަރަކައިން ސަލާމަތްކުރަން ކުރެވޭ މަސައްކަތްކަންވެސް ހަނދާން ނައްތައިނުލާށެވެ! އެންމެ ހެޔޮކަންބޮޑު ޢަމަލަކީ ކީރިތި ޤުރްއާން އުނގެނި މީސްތަކުންނަށް އުނގަންނަިދިނުން ކަމުގައި ލައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. 

ވީމާ އެމީހެއްގެ އާޚިރަތަށްޓަކައިވެސް ކުެރެވެން އޮތް އެންމެ ފައިދާހުރި ޢަމަލެވެ. އެކަންކުރުމުގައި ދެމިހުންނާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް