އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލިއަކަށް މަރުވުން ގިނަވަމުން އައުމަކީ ﷲ ދެއްވަވާ އެންމެ ވަރުގަދަ އެއް އިންޒާރު!: މުފްތީ މެންކް

ކުއްލިއަކަށް މަރުވުން ގިނަވަމުން އައުމަކީ ﷲ ދެއްވަވާ އެންމެ ވަރުގަދަ އެއް އިންޒާރު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އިއްޔެ ބައްދަލުވި މީހާ މަރުވިކަމުގެ ޚަބަރު މިއަދު އެބަލިބެއެވެ. ހެނދުނު ބައްދަލުވިއިރު ގަދަވެސަލާމަތުންހުރި މީހާ ހަވީރުނުވަނީސް އެބަ މަރުވެއެވެ. 

މިއީ އާދައިގެ ކަމެއްކަމަށް ޤަބޫލުކުރެވުނު ނަމަވެސް މިއީ އާދައިގެ ކަމެއް ނޫނެވެ. މިގޮތަށް ކުއްލިކުއްލިއަށް މީހުން މަރުވަމުންދާނެ ދުވަސް އަންނާނެ ކަމާއި އެއީ ފަހުޒަމާނުގެ ޢަލާމާތެއްކަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. 

މިއީ ވަރަސް ވަރުގަދަ އިންޒާރެކެވެ. ކޮންމެވަގުތަކުވެސް މަރުވެދާނެކަމާއި އަބަދުވެސް ހުންނަންޖެހޭނީ މަރަށް ތައްޔާރުވެގެންކަމުގެ ވަރުގަދަ އިންޒާރެވެ. ހިތާމައަކީ މި ވަރުގަދަ އިންޒާރު ކޮންމެ ދުވަހަކު އެތައް ފަހަރަކު ލިބެމުންދާއިއރުވެސް އެކަމަށް ވިސްނައިނުލެވޭކަމެވެ. ތިމާގެ ޙަޔާތުގައި ވަރަށް ގިނަ ދުވަސްތަކެއް ބާކީ އެބައޮތްކަމަށް ބަލައި ހިތަށްއެރިހައި ފާފަތަކެއް ކުރަމުން ގެންދާ މީހުން ގިނަވާކަމެވެ. 

ވިސްނާށެވެ! ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި ހޭދަކުރާނެ މުއްދަތު މާކުރިން ލިޔުއްވަވައިފައެވެ. ދުނިޔޭގައި ހުރެ ލާނެ ނޭވާގެ އަދަދުވެސް ލިޔުއްވަވައިފައެވެ. އެއަދަދަކީ ކޮބައިކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ދުނިޔޭގައި ހުންނާނީ ކިހައި ދުވަހަކުކަން އެނގޭނެ އެއްވެސް ގޮތެއްވެސް ނެތެވެ. ވީމާ ތިމާއަށް މިތައް އަހަރު ދުނިޔޭގައިހުރެވިދާނެކަމަށް ބެލެވޭނީ ކިހިނަކުންހެއްޔެވެ؟ ފަހުން ތައުބާވެ ހެޔޮ އަމަލުކުރަން މަޑުކުރެވޭނީކިހިނަކުން ހެއްޔެވެ؟ 

ސައިންސް ކުރިއަރާފައިވާތީ މަރުވުމުން މަރުވަން މެދުވެރިވި ސަބަބު ހޯދިދާނެއެވެ. ނަމަވެސް ދުނިޔޭގައި މީހަކު ހުންނާނީ ކިހައި ދުވަހަކުކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް ނުވެސް ހޯދޭނެއެވެ. މަރުވާނެ ތަނާއި ވަގުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

ކޮންމެއަކަސް އަހަރެންގެ އިލްތިމާސަކީ ކުއްލިމަރުތައް ގިނަވެ ކޮންމެ ދުވަހަކު ލިބެމުން މިދާ އިންޒާރުތަކާއިމެދު ވިސްނުމެވެ. ކޮންމެ ވަގުތަކުވެސް ތިމާ މަރުވެދާނެކަމަށް ބަލައި އަބަދުވެސް އެކަމަށް ތައްޔާރަށް ހުރުމެވެ. ރަނގަޅު ނިމުމެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމުން އެކަމަށް މަސައްކަތްވެސް ކުރުމެވެ. ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެއެވެ. އެކަމަސް މަސައްކަތްކުރަންވެސް ޖެހޭނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް