އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ފާފަވެރިނުވެ މިފަދަ ދުޢާތައް ކުރާށެވެ!

ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ފާފަވެރިނުވެ މިފަދަ ދުޢާތައް ކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

"ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަމުން ސަލާމަރްވުމަށް މިއަޅާ ކުރާ މަސައްކަތްތައް އިނބަ ﷲ ދެކެދެނެވޮޑިގެންވަމުއެވެ. މިއަޅާ ކުރާ މަސައްކަތުގައި މިއަޅާއަށް އެނގޭ މިންވަރު ކުޑަކަމުން މިއަޅާއަށް ކުށެއް ކުރެވުނު ނަމަވެސް މިއަޅާއަށް ޢަފޫކުރައްވަވާނދޭވެ! 

"ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކާއި ހިތްދަތިކަމުން މިއަޅާއަށް ސަލާމަތް ވެވޭނީ އިނބަ ﷲ ގެ ރުހިވޮޑިގަތުމާއި ވާގިފުޅާއި މަދަދު ލިބިގެންކަން ހިތުގެ އެންމެ އަޑިން މިއަޅާ ޤަބޫލުކުރަމެވެ. މިއަޅާއަށް އިނބަ ﷲގެ ރުހިވޮޑިގަތުމާއި ވާގިފުޅާއި މަދަދު މިންވަރު ކުރައްވަވާނދޭވެ!. އާމީން."

ކޮންމެވެސް ސިފައެއްގައި މުޞީބާތްތަކާއި ގޮންޖެހުންތައް ކުރިމަތިނުވާ ހަމައެކަކުވެސް އަދި އެންމެ ޢާއިލާއެއްވެސް ނެތްކަމަށް ބުނެވިދާނެއެވެ. އެފަދަ ކަންކަން ކުރިމަތިވުމުން ސަލާމަތްވުމަށް އެންމެންވެސް މަސައްކަތްކުރަމުއެވެ. އަހަރެމެންނަށް އެނގޭ މިންވަރު ކުޑަވުމުން ބައެއް ފަހަރު ކުށްތައް ވެސް ކުރެވެއެވެ. އެކަމުގެ ސަބަބުން ފާފަވެރިވެސް އެބަ ވެވެއެވެ. ވީމާ އެއްވެސް ބާވަތެއްގެ ގޮންޖެހުމަކާއި ނުވަތަ އެނޫންވެސް އެފަދަ ކަމަކާއި ކުރިމަތިލާން ޖެހިއްޖެ ނަމަ އެކަމަކުން ސަލާމަތް ވުމަށް މަސައްކަތްކުރާއިރު އެންމެ ފުރިހަމަ ގޮތުގައި އެމަސައްކަތްކުރުމުގެ ތައުފީޤް ދެއްވެވުން އެދި ދުޢާކުރަން ވާނެއެވެ. 

ގޮންޖެހުންތައް ކުރިމަތިވުމުން އެކަމުގެ ހަޤީޤަތް ދެނެގަތުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ޣައިބުގައިވާ ކަންކަން ނުއެނގޭނެތީއެވެ. އެހެންކަމުން އެކަމަކާއި އެއްވެސް ގުޅުމެއް ނެތް މީހުންގެ މައްޗަށް އެބަ ދޮގު ތުހުމަތުތައްވެސް ކުރެވެއެވެ. މިފަދަ ކަންކަމަކީ ފާފަވެރިވާނެ ކަންކަމެވެ. ވީމާ ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް މަސައްކަތްކުރާއިރު މިފަދަ މޭރުމަކުން ދުޢާކުރުން ރަނގަޅުވާނެއެވެ! 

ތިމާއަށް ގޮންޖެހުމެއް ކުރިމަތިވީ މިވެނި މީހެއްގެ ސަބަބުން އެބަ ބުނެއެވެ. ނަމަވެސް އެއީ ރަނގަޅު ބުނުމެއް ނޫނެވެ. އެއްވެސް މީހަކަށް އަނެކާއަށް އެއްވެސް ދެރައެއް ނުދެވޭނެއެވެ. ގެއްލުމެއްވެސް ނުދެވޭނެއެވެ. ހުރިހާ ކަންކަން ވެސް ކުރިމަތިވާނީﷲ ތަޢާލާ ކުރެއްވެވުމުންނެވެ. ވީމާ ގޮންޖެހުންތަކުން ސަލާމަތްވުމަށް، މުޞީބާތްތަކުން ސަލާމަވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދުޢާ ކުރުމެވެ. ޚާއްޞަކޮށް އެކަމަށްޓަކައި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ! 

- އިސްލާމީ ތިލަފަތުގެދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް