އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުފްތީ މެންކުގެ އިތުރު ގޮންޖެހުމެއް! - "ތަހައްޖުދު ނަމާދުގަ ﷲ އަށް ބިރުވެތިވެ ކަރުނައަޅައި ކުރުމުން ޢިޖާބަ ނުކުރެއްވެވި ދުޢާއެއް ނިކަން ބުނެބަލަ!"

މުފްތީ މެންކުގެ އިތުރު ގޮންޖެހުމެއް! - "ތަހައްޖުދު ނަމާދުގަ ﷲ އަށް ބިރުވެތިވެ ކަރުނައަޅައި ކުރުމުން ޢިޖާބަ ނުކުރެއްވެވި ދުޢާއެއް ނިކަން ބުނެބަލަ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އަބަދުވެސް މިބުނަނީ ހަމަ މިހެންނެވެ. މުޞީބާތްތައް އަބަދުވެސް ކުރިމަތިވާނެއެވެ. އެއްކަމަކުން ފާސްވާއިރަށް އަނެއްކަމެއް ކުރިމަތިކުރައްވަވާނެތެވެ. އެކަންކަން އެގޮތަށް މިންވަރުކުރައްވަވަނީ އެއްވެސް ޙާލެއްގައި އެމީހަކާއި ރުހިވޮޑިނުގަންނަވާތީއެއް ނޫނެވެ. ރުހިވޮޑިގަންނަވާތީއެވެ. ލޯބިފުޅުވެ ވޮޑިގަންނަވާތީއެވެ. 

އެކަންކަން އެގޮތަށް ކުރިމަތިވަމުން ނުއަންނަނަމަ އަހަރެންގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް މިންވަރެއް އޮންނާނެހެއްޔެވެ؟ އެކަންކަން ކުރިމަތިކުރައްވަވާއިރުވެސް މިއުޅެނީ ފުރިހަމައަށް ތަޤްވާވެރިނުވެވިގެންނެވެ. ވީމާ އެކަންކަން ކުރިމަތިނުކުރައްވަވާނަމަ އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

މީސްތަކުންނޭވެ! ކަންބޮޑުވުންތައް ކުރިމަތިކުރައްވަވާނެ ކަމާއި ޙައްލަކީ ތަޤްވާވެރިކަމާ ދުޢާކަން ޤަބޫލުކުރާށެވެ! ޚާއްޞަކޮށް ރޭގަނޑުގެ ފަހުދަންފަޅީގައި ރޭއަޅުކަންކޮށް ދުޢާކުރުން ގިނަކުރާށެވެ! މިތަނުގައި އެތައް ހާސްބައަކު މިދައްކާ ވާހަކަތައް އަޑުއަހަން އެބަތިއްބެވެ. އަދި އެތައް ބައިވަރު ޗެނެލްތަކަކުންނާއި ސޯޝަލް މީޑިއާއިން އެގެންދަނީ މިއަޑު ފަތުރަމުންނެވެ. 

މިތަނަށް ޖަމާވެ މިތިބަ އެންމެންނާއި އަދި މިއަޑުއަހާ އެންމެންނާއި ވަރަށް ކުޑަކުޑަ ސުވާލެއް ކޮށްލާނަމެވެ. "އެއްވެސް ކަމެއް ކުރިމަތިވެގެން ދަމުނަމާދުގެ ސަޖިދައިގަ، ނުވަތަ ތަހައްޖުދްނަމާދަށްފަހު ދުޢާކުރަމުން ﷲ ތައާލާއަށް ބިރުވެތިވެ ލޮލުން ކަރުނައަޅައި ﷲ ތައާލާއަށް ދުޢާ ކުރުމުން ޢިޖާބަނުކުރައްވަވާ އެއްވެސް ދުޢާއެއް އެބައޮތްހެއްޔެވެ؟ އޮތްނަމަ އެކަމެއް ނިކަން އަންގައިލަބަލާށެވެ!" 

އެއްވެސް ޙާލެއްގައި މިބުނަނީ ކުރިމަތިވި ހިތާމައާއި ގުޅިގެން ހިތްދަތިވެ ކަރުނައަޅާވާހަކައެއް ނޫނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކަރުނައަޅާ ވާހަކައެވެ. އެއީ މުޅިން ތަފާތު ދެކަމެކެވެ. ކަމެއް ކުރިމަތިވުމުން އެކަމާއި ހިތާމަކުރުމާއި ﷲ ތަޢާލާއަށް ބިރުވެތިވުމާއި އެއީ މުޅީން ތަފާތު ދެކަމެކެވެ. 

ﷲ ތަޢާލާ ހަމައެކަނި މުޞީބާތްތައް ކުރިމަތިކުރައްވަވަނީއެއް ނޫނެވެ. އެކަންކަމުން އަރައިގަނެވޭނެ މަގުތައްވެސް ވަނީ ދައްކަވައިފައެވެ. މަސައްކަތް ނުކުރެވި ފޭލިވަމުން މިދަނީ އަހަރެމެންނެވެ. އަހަރެމެންގެ ކަންނެތް ކަމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް