އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަކީ ﷲ ގެ ރަޙްމަތާ ލޯބިވެވޮޑިގަތުން ލިބިގެންފައިވާ މީހެއްކަން ދެނެގަންނާނެ މަގު- އިތުރުކުރަން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

ތިބާއަކީ ﷲ ގެ ރަޙްމަތާ ލޯބިވެވޮޑިގަތުން ލިބިގެންފައިވާ މީހެއްކަން ދެނެގަންނާނެ މަގު- އިތުރުކުރަން މަސައްކަތްކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

އަހަރެމެން މިއަދު އެއްވެ މިތިބީ މިޤައުމުގައި އެންމެ ރީތި މިސްކިތަށެވެ. މިއީ އެއްވެސް މީހެއްގެ ނުވަތަ ޖަމާޢަތެއްގެ ވެސް ތަނެއް ނޫނެވެ. މިއީ ﷲ ތަޢާލާގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެކެވެ. ﷲ ތައާލާގެ ގެކޮޅަށް އެތައް ހާސް ބައަކަށް އެއްވެވިފައި މިތިބީ އެކަލާނގެ ރަޙްމަތްފުޅުންނެވެ. 

ނަމާދުކުރުމަށާއި އެހެންވެސް ބޭނުންތަކަށް މިސްކިތަށް ދާހިތްވެގެން ދެވޭނަމަ އެމީހަކަށް އެހުރެވުނީ ﷲ ތަޢާލާގެ ރަޙަމަތްފު:ު ލިބިގެންނެވެ. އެމީހަކަށް އެވަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން (ވަކިމިންވަރަކަށް) މިންވަރުކުރައްވަވައިފައެވެ. ދެން އޮންނާނީ އިތުރުކުރަން މަސައްކަތްކުރުމެވެ. އެއީ އެމީހަކު އަމިއްލައަށް ކުރަންޖެހޭ މަސައްކަތެކެވެ. އެކަން ހިންމަވައިދެއްވެވުން އެދި ދުޢާވެސްކުރަންވާނެއެވެ!

މީސްތަކުންނޭވެ! ދުނިޔޭގެ އާބާދީގައި މުސްލިމުންގެ ޢަދަދު 2 ބިލއަން ހަމަވަމުން އަންނައިރު އެއިގެ ތެރެއިން މިސްކިތަށްއަރާ މީހުންގެ އާބާދީއަށް ވިސްނައިލާށެވެ! މިސްކިތަށް އަރާހިތް އެމީހުން އެ ނުވަނީ އެމީހުންގެ ޢަމަލުތައް ހުންނަގޮތުން ﷲ ތައާލާ އާއި ކުއްތަން ނުވެވޭތީއެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބުން ކުޑަވުމުންކަމަށް ބަލާށެވެ! އެއީ އެމީހެއްގެ ހިތުގައިވެސް ﷲ ތަޢާލާއަށް ލޯބިވުން ކުޑަވުމުންނެވެ. ވީމާ މިސްކިތަށް އަރާހިތުން މިސްކިތަށް އެރޭނަމަ އެމީހަކަށް އޮތީ ގަދައަޅައި ހިތްވަރުކުރުމެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން އިތުރަށް ހޯދުމަށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިސްކިތަށް ދަނީ އަޅުކަންކުރުމަށެވެ! ދަރުސްތައް އަޑުއަހައި ކަންކަން އިޞްލާޙްކުރުމަށެވެ. ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ވީމާ މިސްކިތަށްދާ މަޤްޞަދު ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ނޫންނަމަ އެކަމުގެ ފައިދާ ލިބިއެއް ނުގަނެވޭނެއެވެ. 

މުހިންމީ ނަމެއްގައި މިސްކިތަށް ދިއުމެއް ނޫނެވެ! މިސްކިތަށްދާ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރުމެވެ! މުހިންމީ ދަރުސްދޭ މީހާއެއް ނޫނެވެ! އެމީހާ ދޭ ފިލާވަޅެވެ. އެގޮތުން އަހަރެންނަކީ މުހިންމު މީހަކަށް ނުބަލާށެވެ! އަހަރެން ދައްކާ ވާހައިގައި ފައިދާކުރާނެ ކަމެއް އޮތްކަން ޤަބޫލުކުރެވޭނަމަ އެކަން ޤަބޫލުކޮށް ޢަމަލުކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން 

(އަނހެނުންނަށް އޮތީ ގޭގައި ނަމާދުކުރުމެވެ. ނަމާދުވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަންނަހިތްވާނަމަ އެއަނހެނަކަށް އެހުރެވެނީ ދަރުސްގައި އެވިދާޅުވާފަދައިން ﷲ ތަޢާލާގެ ރަޙްމަތާއި ލޯބިވެވޮޑިގަތުން ލިބިގެންނެވެ. މަސައްކަތްކުރަންވީ އިތުރުކުރުމަށެވެ.!)

______________________________________________________

ކާމިޔާބު މީހަކަށްވެވޭނީ ކޮންމެ ދުވަހަކީވެސް ކުރީ ދުވަހަށްވުރެ ގިނައިން ހެޔޮ ޢަމަލުކުރާ ދުވަހަކަށް ހަދައިގެންނެވެ. އެންމެ ކާމިޔާބު މީހުންނަކީ އެގޮތަށް ކޮންމެ ދުވަހަކީވެސް ރަނގަޅުކަންކަން ކުރުން ގިނަކުރާ ދުވަހަކަށް ހެދޭ މީހުންނެވެ. އެކައުންޓަށް އެންމެ ގިނައިން ފައިސާޖަމާކުރެވޭ މީހެއް ނޫނެވެ. ވީމާ ފައިސާ ހޯދަން މަސައްކަތްކުރަންވާނީވެސް ކުރަންޖެހޭ އަޅުކަންކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް