އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާސްވެ ކަންބޮޑުވުމުގެ ވަޤުތުތަކުގައިވެސް ނަފުސުތަކަށް ހަމަޖެހުން ވައްދައިދިނުމަކީ ނަބަވީ މަންހަޖެވެ: ޝައިޚް މުޙައްމަދު ޝާފިޢު

ހާސްވެ ކަންބޮޑުވުމުގެ ވަޤުތުތަކުގައިވެސް ނަފުސުތަކަށް ހަމަޖެހުން ވައްދައިދިނުމަކީ ނަބަވީ މަންހަޖެވެ: ޝައިޚް މުޙައްމަދު ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ޔޫސުފް ޢަލައިހިއްސަލާމް، އޭނާގެ އަޚަށް ވިދާޅުވިއެވެ.

فَلَا تَبْتَئِسْ – يوسف 69

"ފަހެ ތިބާ މާޔޫސް ނުވާށެވެ."

މަދްޔަނުގެ ދެ އަންހެން ކުދިންގެ ބައްޕާ، މޫސާ ޢަލައިހިއްސަލާމަށް ވިދާޅުވިއެވެ.

لَا تَخَفْ – القصص 25

"ތިބާ ބިރު ނުގަންނާށެވެ"

މުޙައްމަދު ޞައްލަﷲ ޢަލައިހިއްސަލާމް، އަބޫބަކުރު ރަޟިޔަﷲ ޢަންހަށް ވިދާޅުވިއެވެ.

لَا تَحْزَنْ- التوبة 40

"ތިބާ ހިތާމަ ނުކުރާށެވެ."

- ހާސްވެ ކަންބޮޑުވުމުގެ ވަޤުތުތަކުގައިވެސް ނަފުސުތަކަށް ހަމަޖެހުން ވައްދައިދިނުމަކީ ނަބަވީ މަންހަޖެވެ!

- ޝައިޚް މުޙައްމަދު ޝާފިޢު 

މިއީ ވަރަށް މާނަފުން ބަސްކޮޅެކެވެ! މީހަކަށް ކަމެއް ބޮޑުވެގެން އުޅޭ ޙާލަތުގައި އޭނާ އިތުރަށް ކަންބޮޑުވެދާނެ ބަސްތައް ނުބުނުމާއި އޭނާގެ ނަފްސަށް ހަމަޖެހުން ހޯދައިދޭން މަސައްކަތްކުރަންޖެހޭނެކަން އަންގައިދޭ ބަސްކޮޅެކެވެ. އެފަދަ ޙާލަތުގައި އަނެކާއަށް އެހީތެރިވުމަކީ އެއީއެވެ. ހިތްވަރު ދިނުމަކީވެސް އެއީއެވެ. 

ވީމާ ކަމެއް ދިމާވެ ހިތާމައިގައި ހުރި މީހަކުގެ ހިތްވަރު އެލިގެންދާފަދަ ބަސްތައް އޭނާ ގާތުނުބުނެ ހިތްވަރުދިނުމުގެ ބަސްތައް ބުނެ ހިތްވަރުދޭށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް