އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާރަލުމަކީ ޖާސޫސްކުރުން- ގޭގޭގެ ފުރަގަހުން ވަދެ އުޅުން ހުއްދައެއް ނޫން!- ޤުރްއާން

ފާރަލުމަކީ ޖާސޫސްކުރުން- ގޭގޭގެ ފުރަގަހުން ވަދެ އުޅުން ހުއްދައެއް ނޫން!- ޤުރްއާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

"ބައެއްމީހުންގެ ނަފްސުތަކުގެ ނުބައިކަމުން ޖާސޫސްކުރުމުގައި ހައްދުފަހަނައަޅައިގޮސް އެހެންމީހުންގެ ހިތުގައިވާތަކެތި އެނގޭނޭނަމައޭ ހިތަށްއަރާހާ ދަށުދަރަޖައަށް ވެއްޓިގެންދެއެވެ!"

މިއީ ޖާސޫސްކޮށް ފާރަލުން ޢާންމުވެފައިވާ މިންވަރު ބަޔާންކުރައްވައި ޝައިޚް އަޙްމަދު ރިމާޒް ވިދާޅުވެފައިވާ ބަސްފުޅެކެވެ. ޙާލަތު މިހިސާބަށް ދިއައިރު ކީރިތި ޤުރްއާނުގަ މިކަމަށް އޮތް ޙުކުމް ބަލައިލަމާތޯއެވެ! 

"...އަދި ގޭގެއަށް ފުރަގަހުން ވަދެއުޅުން އެއީ ހެޔޮކަމެއް ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު ހެޔޮކަންކުރާމީހާއީ، ﷲ އަށް ތަޤްވާވެރިވެއްޖެ މީހެކެވެ. އަދި ތިއަބައިމީހުން ގޭގެއަށް، އެގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އެއީ ތިއަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ." (އަލްބަޤަރާ: 189) 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެތެރެއިން ގިނަ ކަންތައްތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ! އަދި ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ!.." (އަލްޙުޖްރާތު: 12) 

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ދެމަފިރިން ވެސް އެކަކު އަނެކަކަށް ފާރަލުން ހުއްދައެއް ނުވާނެއެވެ. ކައިވެނީގައި އޮތީ ތެދުވެރިވުމެވެ. އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް ތެދުވެރިވާންޖެހޭނެއެވެ! ކައިވެނި ދެމިއޮތުން ބިނާވެފައިވަނީ ތެދުވެރިކަމުގެ މައްޗަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް