އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ ކިތަންމެ ހެޔޮ ނަމަވެސް ފާފައެއް ކުރަން ބުނެފިނަމަ އަވަހަށް ވަކިވާށެވެ! ﷲ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ!

ބައިވެރިޔާ ކިތަންމެ ހެޔޮ ނަމަވެސް ފާފައެއް ކުރަން ބުނެފިނަމަ އަވަހަށް ވަކިވާށެވެ! ﷲ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އަޑުއަހަން ކިތަންމެ އުނދަގޫވި ނަމަވެސް މިހާރަކަށް އައިސް އަޑުއަހަންޖެހޭ އެއް ޝަކުވާއަކީ ފާފަކުރަން ޙަޔާތުގެ ބައިވެރިޔާ ބުނެ އެކަމަށް މަޖުބޫރުވެސްކުރާ ވާހަކައެވެ. އަދި އެބުނާ ފާފަ ނުކޮށްފިނަމަ މައްސަލަތައް ކުރިމަތިކުރުވާ ކަމުގެ ޝަކުވާއެވެ. 

ބައެއް އަނހެނުން ބުނަނީ އެމީހުންގެ ފިރިންނަށް އެމީހުންނަށް ވަރަށް ހެޔޮކަމަށެވެ. ބޭނުންވާ ކަންކަންވެސް ކޮށްދޭކަމަށެވެ. އަދި އެކުގައި ދިރިއުޅެނީވެސް ވަރަށް ލޯބިން ކަމަށެވެ. ނަމަވެސް ފާފަކުރަން ބުނަނީ ކަމަށެވެ. 

މިގޮތުން ކުރަން ބުނާ ފާފައިގެ ތެރޭގައި އެއްދާންކުރުމުގައި ހުއްދަ ނޫންކަންކަން ކުރަން ބުނުމާއި އެއއްދާން ކުރާނެ ހިލޭ މީހުން ހޯދައިދޭން ބުނުމާއި އެއްދާންކުރާއިއރު ހިލޭ މީހުން ބައިވެރިކުރަން ބުނުމާއި އަދި ބަރަހަނާ ފިލްމުބެލުން ފަދަ ފާފަތައްވެސް ހިމެނެއެވެ. 

އަނބިމީހާ ނުވަތަ ފިރިމީހާ ތިމާއަށް ހެޔޮވުމަކީ ތިމާއަށް ސުވަރުގެ ވަދެވޭނެ އަދި ނަރަކައިން ސަލާމަތްވެވޭނެ ކަމެއް ނޫނެވެ. އެކަމުގެ ޘަވާބު ލިބޭނީ އެމީހަކަށެވެ. ތިބާއަށް ސުވަރުގެ ވަދެވޭނީވެސް އަދި ނަރަކައިން ސަލާމަތްވެވޭނީވެސް ތިބާ ފާފަނުކުރުމުންނެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ފާފަތައް ނުކޮށް ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ކަންކަން ކުރުމުންނެވެ. 

ވީމާ ބަލަންވީ ބައިވެރިޔާގެ ހެޔޮކަމަކަށް ނޫނެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ. ބައިވެރިޔާއަކީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހަކު ނަމަ ތިބާ ލައްވައި އެއްވެސް ފާފައެއް ނުކުރުވާނެއެވެ. އަދި ހިތްވަރުދޭނީ ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެހެން ނޫންނަމަ އޭނާގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނެތެވެ. އޮތީ ނުބައިކަމެވެ. 

ކަންއޮތީ މިފަދައިން ކަމަށްވުމުން އެއްވެސް ފާފައެއް ކުރަން ބުނާ، އެކަމަސް ހިތްވަރުދޭ މީހަކާއިއެކު ދިރިއުޅުމެއް ނެތެވެ. އެކަމަށް ބާރުއަޅާނަމަ، އަމުރުކުރާނަމަ އަވަހަށް އެމީހެއްގެ ކިބައިން ސަލާމަތްވާށެވެ! ﷲ ތައާލާ ތިބާއަށް މާ އުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް