އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެކާގެެ ކުށް ހޯދަން މަސައްކަތްކުރުމަކީ ޖެހޭ ނުބައި ބައްޔެއް! ބައިވެރިޔާގެ ކުށް ހޯދުމުގެ ކުރިން ތިމާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރާށެވެ!

އަނެކާގެެ ކުށް ހޯދަން މަސައްކަތްކުރުމަކީ ޖެހޭ ނުބައި ބައްޔެއް! ބައިވެރިޔާގެ ކުށް ހޯދުމުގެ ކުރިން ތިމާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

މިދުވަސްވަރު ދުނިޔޭގެ ގިނަބައަކު ކަންބޮޑުވެގެން އުޅެނީ ކޮރޯނާ ބަލިން ސަލާމަތްވާން ވެކްސިން ނުޖެހިގެންނެވެ. ނަމަވެސް ގިނަބައަކަށްވަނީ ކޮރޯނާ ބައްޔަށްވުރެ މާ ނުބައިކަން ބޮޑު، ގެއްލުންދޭ ބައްޔަެއް ޖެހިފައެވެ. އެބަލިން ސަލާމަތްވާން ވެކްސިން ޖަހަން މަސައްކަތްކުރެވޭތަނެއް ނުފެނެއެވެ. 

މިބުނާ ނުބައިކަންބޮޑު ބައްޔަކީ އެހެން މީހުންގެ ކުށް ހޯދަން މަސައްކަތްކުރުމެވެ. މިނުބައި ބަލިޖެހުމުންވާ އެއްގޮތަކީ އެހެން މީހުން ކޮށްދީފައި ހުންނަ ރަނގަޅު ކަންކަން ނުފެނުމާއި އަދި އެހެން މީހުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައްވެސް ނުފެނުމެވެ. 

އުދުހޭ ބައެއް ސޫފިތައް ޖައްސާނެ ރީތި ތަންތަން ހުރިނަމަވެސް ބަލައިނުލައި ކަށިތަކުގެތެރެއަށް ތިރިކޮށް އަމިއްލައަށް އަނިޔާ ލިބިގަނެއެވެ. އެހެން މީހުންގެ ކުށް ހޯދަން މަސައްކަތްކުރާ މީހުންގެ މިސާލަކީ ހަމައެއީއެވެ. ތިމާއަށް ކުރެވޭ ކުށްތައް އިޞްލާޙްކޮށް ހެޔޮމަގު ލިބިގަތުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އަމިއްލައަށް އިތުރަށް ފާފަވެރިވަނީއެވެ. 

ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެހެން މީހުންގެ ކުށް ހޯދަން މަސައްކަތްނުކުރުމަށެވެ. އަދި ފުރިހަމައަށް އީމާންވެގެން ހުރި މީހަކު އެހެން މީހުން ކުށް ނުހޯދާނެ ކަމަށާއި އެހެން މީހުންނައި ހަރުކަށި ބަސްތައްވެސް ނުބުނާނެ ކަމަށެވެ.

ޢަލީގެފާނު ވިދާޅުވެފައިވެއެވެ. "މީސްތަކުންކުރެ ހެޔޮކަންބޮޑު މީހަކީ އެހެން މީހުންގެ ކުށް ހޯދަން މަސައްކަތްކުރުމުގެ ބަދަލުގަ ތިމާއަށް ކުރެވޭ ކުށްތައް ހޯދައި އެކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ މީހާއެވެ! އަދި މީހާއަށް އެންމެ ފައިދާހުރި ގޮތަކީވެސް އެއީއެވެ. 

އިމާމް ޣަޒާލީ ވިދާޅުވެފައިވެއެވެ. "އެހެން މީހުންގެ ކުށްތައް ވަންހަނާކޮށްދޭ މީހާގެ ކުށްތައް ﷲވ ތަޢާލާ މީސްތަކުންނަށް ވަންހަނާކުރައްވަވައިދެއްވަވާނެތެވެ." އިން ޝާ ﷲ 

އިބުން ޢައްބާސް ރަޟިޔަﷲ ޢަންހް ވިދާޅުވެފައިވެއެވެ. "އެކުވެރިންގެ ކުށްތައް ހާމަކުރަން ބޭނުންވާ މީހާ ފުރަތަމަ އެމީހަކަށް ކުރެވޭ ކުށްތައް ހާމަކުރާށެވެ!" 

އިމާމް ޣަޒާލީ ވިދާޅުވެފައިވަނީ މީސްތަކުންގެ ކުށް ހޯދަން މަސައްކަތްކުރަނީ ޝައިޠޯނާ އެމީހާގެ މައްޗަށް ވެރިވެގަތުމުން ކަމަށާއި އެފަދަ މީހުން އެވަނީ ނަފްސާނީ ގޮތުން ނުބައި ޙާލަތެއްގައި ކަމަށެވެ. 

އެހެން މީހުންގެ ކުށް ހޯދަން އުޅުމުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ! އަދި އެކަމަށް މަސައްކަތްވެސް ކުރަންވާނެއެވެ. ހަމަކަށަވަރުން އެހެން މީހުންގެ ކުށް ހޯދަން މަސައްކަތްކުރުމަކީ ކުރެވޭ ބޮޑު ފާފައެކެވެ. އެކަމަސް ހޭދަކުރެވޭ ވަގުތަކީ ބޭކާރުކުރެވޭ ވަގުތެވެ! އެކަމުގެ ވާހަކަ ދެއްކުމަކީ ކުރެވޭ ބޮޑު ފާފައެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

https://www.facebook.com/truepathislam/videos/250865199323496

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް