އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންނަށް ހެޔޮކޮށް ހިތަންވީ އެމީހުން ބަދަލުދޭނެ ކަމަކަށް ނޫން! ﷲ ގެ ޙަޟްރަތުގަ އެންމެ މަތިވެރި މީހަކަށްވާން!

އަނބިދަރިންނަށް ހެޔޮކޮށް ހިތަންވީ އެމީހުން ބަދަލުދޭނެ ކަމަކަށް ނޫން! ﷲ ގެ ޙަޟްރަތުގަ އެންމެ މަތިވެރި މީހަކަށްވާން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ބައެއް މީހުންނަށް ބުނެވެއެވެ. "ދަރިންނަސް ކިތަންމެ ރަނގަޅަށް ކަންތައްތައް ކުރިނަމަވެސް އެމީހުން ބޮޑުވެގެން އަޅައިވެސް ނުލާނެއެވެ. އަނބިން ބުނެއެވެ. ފިރިމީހާއަށް ކިތަންމެ ރަނގަޅަށް ކަންކަން ކުރިނަމަވެސް އަހަރެންނާއިމެދު ކަންކަން ކުރާނީ ހިތަށް އެރިގޮތަކަށެވެ. އަދި ފިރިންވެސް އަނބިންނަށް ހަމަ މިފަދަ ބަސްތައް ބުނެއެވެ." 

ހަމަ އެއާއިއެކު ދަރިން އެބަ ބުނެއެވެ! "މައިންބަފައިންނަށް ހެޔޮކޮށްހިތަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ކުޑަކުޑައިރު އަހަރެންނާއިމެދު ކަންކަންކުރީ އެވެނި މިވެނި ގޮތަކަށެވެ!" 

ވިސްނަންވީ އެންމެ ކަމަކަށެވެ. ހަމައެކަކުވެސް އަނެކާއަށް ރަނގަޅަށް ކަންކަންކުރަންވީ އެމިހާގެ ކިބައިން ބަދަލެއް ލިބޭނެކަމަށް ބަލައިގެނެއް ނޫނެވެ. ހެޔޮކޮށް ކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. ޢާއިލާ ތެރޭގައި އެކަކު އަނެކަކަށް ހެޔޮކޮށް ކަންކަންކުރަންވީ "ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު މީހަކީ އެމީހާގެ ޢާއިލާއަށް އެންމެ ހެޔޮކަންބޮޑު މީހާ" ކަމުގައި ޙަދީޘްފުޅުގައި އޮތުމުންނެވެ. 

މިޙަދީޘްފުޅަކީ ހަމައެކަނި ފިރިންނަށް އޮތް ޙަދީޘްފުޅެއް ކަމަށް ބަލައިގެން ނުވާނެއެވެ. އެއީ ޢާއިލާގެ އެންމެންނަށް އޮތް ޙަދީޘްފުޅެކެވެ. ފިރިންނަށާއި އަނބިންނަށް އަދި ދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ އެންމެންނަށްވެސް އޮތް ޙަދީޘްފުޅެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް