އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވާން އެދެނީ ތައުހީދުގެ މަތީގައި ހެއްޔެވެ؟ ތިބާގެ ދައުރު ފުރިހަމައަށް އަދާކުރާށެވެ!

މަރުވާން އެދެނީ ތައުހީދުގެ މަތީގައި ހެއްޔެވެ؟ ތިބާގެ ދައުރު ފުރިހަމައަށް އަދާކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ކޮންމެ މުސްލިމަކުވެސް މަރުވާން ބޭނުންވާނީ ފުރިހަމަ ތައުހީދުގެމަތީގައެވެ. ނަމަވެސް ތައުހީދުގެ މަތީގަ މަރުވުމަކީ އުންމީދު ކުރުމުން އެކަނި ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ތައުޙީދުގެ މަތީގައި މަރުވަން އެދޭމީހާއަށް އޮތީ އެކަމަށް މަސައްކަތް ކުރުމެވެ. އަބަދުވެސް އެކަމަށްއެދިގެން މަސައްކަތްކޮށްކޮށް ހުރުމެވެ. އަމަލުންނެވެ. ދުލުން ބުނާ ބަސްތަކަކުން ނޫނެވެ. 

ދުނިޔޭގައި އުޅޭއިރު ދިމާވާ ކަންކަމުގައި ދެން ތިމާ އަމަލުކުރާނީ މިހެން ކަމަށް ބުނެ މީސްތަކުންގެ ލޮލުގައި އަދުން އަޅުވައިލެވިދާނެއެވެ. އެއީ އިންސާނުންނަށް ޣައިބު ނުއެނގޭތީއެވެ. އެއްވެސް މީހަކު ކުރިއަށް އޮތްތަނުގައި ކަންކަން ކުރާނެ ގޮތް އެއްވެސް މީހަކަށް ނުއެނގޭތީއެވެ. މީހުން ދައްކާ ވާހަކަތަކަށް އިތުބާރު ކުރެވެނީ އެހެންވެގެންނެވެ. ނަމަވެސް ﷲ ތަޢާލާއީ ވީހައި ވާނޭހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ. ވީމާ ތިމަން އަދި ފަހުން އެވެނި ކަމެއް މިވެނި ގޮތަކަށް ކުރާނެ ކަމަށް ބުނުމަކުން ނުފުދޭނެއެވެ. 

ފަހުން މިވެނި އެވެނި އަޅުކަން ކުރާނަން ކަމުގައި މީސްތަކުންގެ ގާތު ބުނުމަކީ ޘަވާބު ލިބޭ ކަމެއް ނޫނެވެ. އެކަމެއް ކުރިކަމުގެ ޘަވާބުލިބޭނީ އެކަމެއް ކުރުމުންނެވެ. ނަމަވެސް ﷲ ތައާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ރަނގަޅު ނިޔަތާއިއެކު ހެޔޮއަމަލެއް ކުރަން ނިޔަތްގަނެފިނަމަ އެމީހާޢަށްޓަކައި 1 ހެޔޮކަން ލިޔުއްވަވައިދެއްވަވަތެވެ! އަދި އެ އަމަލުކޮށްފިނަމަ 10 ހެޔޮކަމުން ފެށިގެން 700 ގުނަ އާއި ހަމައަށް އިތުރުކުރައްވަވައި ދެއްވަވަތެވެ. 

ތައުހީދުގެމަތީގައި މަރުވުމަށް އެދޭ މީހާ މިފަދަ ހުރިހާ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ހެޔޮ އަމަލު ކުރުމުގައި ތިމާއަށް އެކަމަކުން އެންމެ ގިނަ ސަވާބާއި ދަރުމަ ލިބޭނެ ގޮތަށް ވިސްނައިގެން ނޫނީ ކަންކަން ނުކުރާށެވެ! ހެޔޮ އަމަލު ކުރުމުގައި އިޚްލާޞްތެރިވުމަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް