އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠޯނާއަށް ތިބާއާ ވައިވެސް ނޭޅެވޭނެ ދުޢާއެއް!- އިން ޝާ ﷲ

ޝައިޠޯނާއަށް ތިބާއާ ވައިވެސް ނޭޅެވޭނެ ދުޢާއެއް!- އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

އަހަރެމެން އެންމެންވެސް އެބަ ޤަބޫލުކުރަމުއެވެ. ކަމެއް ކުރުމުގައި ގިނަ ދުވަސްތަކެއްވަންދެން ދެމިހުރެއްޖެ މީހަކަށް އެކަމުގެ ތަޖުރިބާ ވަރަށް ބޮޑުވާނެކަމެވެ. ވީއިރު ﷲ ތައާލާ އެންމެ ފުރަތަމަ ޚަލްޤްކުރެއްވެވި އިންސާނާ، އާދަމްގެފާނުން ފެށިގެން މީސްތަކުން މަގުފުރެއްދުމުގައި އަވަދިނެތި މަސައްކަތްކުރަމުން ގެންދާ ޝައިޠޯނާ އެކަމުގައި ކިހައި މޮޅުވާނެހެއްޔެވެ؟ ހުންނާނީ ތަޖުރިބާއިން ފުރިގެން ނޫންހެއްޔެވެ؟ 

ވީމާ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކޮށްދެއްވެވުން އެދި ވީހައި ގިނައިން ޛިކުރުކޮށް ދުޢާކުރަންވާނެއެވެ. ފުރަތަމަ ކަމެއްގެ ގޮތުން ގެއިން ބޭރަށް ނުކުންނައިއރު ޛިކުރު ކިޔުމާއި ގެއަށް ވަންނަމުން ޛިކުރުކިޔުމާއި ގޭގެ އަހުލުވެރިންނަށް ސަލާމްގޮވުމާއި ކާންފަށަމުން ބިސްމިﷲ ކިޔުމާއި ނިދަމުން އާޔަތުލްކުރުސި ކިޔުންފަދަ ކަންކަން ވަރަށް ޤަވާއިދުކޮށް ކުރަމުން ގެންދަންވާނެއެވެ. 

ދެން މިބުނެދެނީ މިސްކިތަށް އަރަމުން ކިޔަން ޙަދީޘްފުޅުން އެނގެން އޮތް ވަރަށް މުހިންމު ދުޢާއެކެވެ. ކުރިން މި ބަޔާންކުރި ކަންކަން ކުރަމުން މިސްކިތަށް ވަންނައިރު މިދުޢާކިޔާ މީހަކާއި ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެއެވެ! އިން ޝާ ﷲ 

أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنْ الشَّيْطَانِ الرَّجِيمِ

މިދުޢާގައި އެކުލެވިގެންވާ މާނައީ: 

"ރަޙްމަތުން ދުރުކުރެވިގެންވާ ޝައިޠޯނާގެކިބައިން ސަލާމަތްކޮށްދެއްވެވުން އެދި މަތިވެރިވަންތަ ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ދީލަތިވަންތަ ވަޖުހަފުޅުންނާއި އެއިލާހުގެ އިސްވޮޑިގެންވާ ބާރުފުޅުން މިއަޅާ ރައްކައުޔރތެރިކަން ހޯދަމުއެވެ."

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ إِذَا دَخَلَ اخَلَ الْمَسْجِدَ قَالَ

 أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنْ الشَّيْطَانِ الرَّجِيمِ

466 سنن أبي داود كتاب الصلاة باب فيما يقوله الرجل عند دخوله المسجد

466 المحدث الألباني خلاصة حكم المحدث صحيح في صحيح أبي داود

Abdullah ibn Amr reported: When the Prophet, peace and blessings be upon him, entered the mosque, he would say,

 “I seek refuge in Allah Almighty, in his noble countenance, and in his everlasting authority from the accursed Satan.”

Source: Sunan Abī Dāwūd 466

Grade: Sahih (authentic) according to Al-Albani

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް