އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކަ ތިބާގެ ކުރިމަތީގަ ހުރެގެން ތިބާ އަތުލައިގަންނަން މަސައްކަތްކުރާނެ ވަގުތުގެ ބިރުވެރިކަން ހިތަށް ގެނެވޭނެ ދަރުސެއް- ސަލާމަތްވެވޭނެ މަގު މިއޮތީ!

ނަރަކަ ތިބާގެ ކުރިމަތީގަ ހުރެގެން ތިބާ އަތުލައިގަންނަން މަސައްކަތްކުރާނެ ވަގުތުގެ ބިރުވެރިކަން ހިތަށް ގެނެވޭނެ ދަރުސެއް- ސަލާމަތްވެވޭނެ މަގު މިއޮތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ޤިޔާމަތް ދުވަހު ތިބާގެ ހިސާބު ބެއްލެވުމަށް ޙާޒިރުކުރެވޭއިރު ތިބާކުޅަ ހެޔޮ ޢަމަލުތައް ތިބާގެ ކަނާތްފަރާތުގައި ފެންނަން ހުންނާނެއެވެ. ކުޅަ ނުބައި އަމަލުތައް ވައަތްފަރާތުގައި ފެންނަން ހުންނާނެއެވެ. ކުރިމަތިން ފެންނަން ހުންނާނީ ނަރަކައެވެ. 

ތިބާގެ ކައިރީގައި ބެހެއްޓިފައިވާ ތިބާއަށް ކުރެވުނު ހެޔޮ ޢަމަލުތައް ކިތަންމެ ގިނަވެފައި ނުބައި އަމަލުތައް ކިތަންމެ މަދުނަމަވެސް ތިބާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ހުންނާނީ ބިރުން ވިރިވިރިއެވެ. އެއީ ހެޔޮޢަމަލުތަކުގެ ތެރެއިން ﷲ ތައާލާ ޤަބޫލުފުޅުކުރައްވަވައި މީޒާނުގައި ބުރަދަނަެއް ލިބިގެންދާނީ ކިތައް ޢަމަލުންކަން ނުއެނގޭތީއެވެ. ކޮން އަމަލުތަކަކުންކަން ނުއެނގޭތީއެވެ. އަދި އެންމެ ކުޑަމިނުން އެއްވެސް ޢަމަލެއް ޤަބޫލުފުޅުކުރައްވަވާނެކަންވެސް ނުއެނގޭތީއެވެ. 

މީސްތަކުންނޭވެ! ބިރުވެތިވާންވީ މިވަގުތަށެވެ! އެކަމަށް ބިރުވެތިވުމަކީ ކުރާ ކޮންމެ އަމަލެއް އިޚްލާޞްތެރިކަމާއިއެކު ކުރުމެވެ. ޚުޝޫޢަތްތެރިކަމާއިއެކުގައި ނަމާދުކުރުމެވެ. ހައިހޫނުކަމުގައި އުޅެންޖެހުނު ނަމަވެސް ޙަލާލް ނޫން އެއްޗެއް ބޭނުން ނުކުރުމެވެ. ޙަލާލް ގޮތުގައި ހޯދާފައިވާ ޙަލާލް ނޫން އެއްޗެއް ނުކެއުމެވެ. އަނބިދަރިންނަށް އެފަދައެއޗެއް ކާން ނުދިނުމެވެ. 

ތިމާކުރާ އަޅުކަން ޤަބޫލުފުޅު ނުކުރައްވަވައިފާނެ އެއްވެސް ޢަމަލެއް ނުކުރުމެވެ. މަސްތުވާތަކެއްޗާއި ބަނގުރާ ނުބޮއިހުރެގެން ނޫނީ ސަލާމަތެއް ނުވެވޭނެއެވެ. ކުރާޢަުކަން ޤަބޫލުފުޅު ނުކުރައްވަވައިފާނެ އެއްވެސް ޢަމަލެއް ނުކުރާށެވެ. 

މީސްތަކުންނަށް ޚާއްޞަކޮށް އަވަށްޓެރިންނަށް ނުބައިބަސްތައް ބުނެ އެމީހުންގެ ހިތުގައި ނުޖައްސާށެވެ. ދަމުނަމާދުކޮށް ސުންނަތް ރޯދަތައްވެސް ހިފައި ނުހަނު ގިނަ އަޅުކަންކޮށް އުޅުނު އަނހެނަކު ވަނީ ނަރަކައިގައިކަމަށް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އެއީ އޭނާއަވަސްޓެރިންނަށް ނުބައިބަސްތައް ބުނެ އަރައިރުންވެ އުޅުމުގެ ސަބަބުންނެވެ. އެކަންކަމުގެ ސަބަބުން އޭނާ ކުރި އެއްވެސް ހެޔޮ ޢަމަލެއްގެ ފައިދާ އޭނާއަށް ނުކުރުމުންނެވެ. 

ވީމާ ފަށަމުން މިބަޔާންކުރިފަދައިން ތިބާ ނިކަމެތިކަމާއިއެކު ބިރުން ވިރިވިރި ހުންނަ ޙާލުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެ ވަގުތަށް ބިރުވެތިވާށެވެ! ތިބާ ކުޅަ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ނުކުރެއްވެވުމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! ޙަޤީޤީ އުފާވެރިކަމެއް ލިބި ނަރަކައިން ސަލާމަތްވެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް