އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާޢަކީ ﷲ ތައާލާގެ މިތުރެއްކަން ނުވަތަ ނޫންކަން ދެނެގަންނަން އެންމެފަސޭހަވާނެ އެއް ގޮތް: މުފްތީ މެންކް

ތިމާޢަކީ ﷲ ތައާލާގެ މިތުރެއްކަން ނުވަތަ ނޫންކަން ދެނެގަންނަން އެންމެފަސޭހަވާނެ އެއް ގޮތް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

އަހަރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ﷲ ތަޢާލާގެ މިތުރަކަށްވެވުމެވެ. އެއިރުން މިދުނިޔޭގެވެސް އަދި އެދުނިޔޭގެވެސް ހުރިހާ އުފާތަކެއް އެމީހަކަށް ޙާޞިލުކުރެވިގެންދާނެތީއެވެ. 

މިއަދު މިބުނެދެނީ ތިމާއަކީ ﷲ ތަޢާލާގެ މިތުރެއްކަން ނުވަތަ ނޫންކަން އަމިއްލައަށް ދެނެގަންނަން އެންމެ ބޮޑަށް ފަސޭހަ އެއްގޮތެވެ! ތިމާއަށް ހުރެވޭ މަޤާމް އަމިއްލައަށް ވަޒަންކޮށްލާށެވެ! 

ނަމާދުވަގުތު ޖެހުމުން ނަމާދުނުކޮށް ހުންނަން އުނދަގޫވޭހެއްޔެވެ؟ މިސްކިތަށް ދިއުމަށްފަހު އަވަހަށް މިސްކިތަށް އަރައި ކޮންމެވެސް އަޅުކަމެއް ކުރަން ފަށައި ނުގަނެ، ބޭކާރުގޮތުގައި ވަގުތުހޭދަކުރަން އުނދަގޫވޭ ހެއްޔެވެ؟ 

ޖަވާބަކީ އާނއެކެވެ! ކަމަށްވާނަމަ ތިބާއަކީ ﷲ ތަޢާލާގެ މިތުރެކެވެ. 

ނަމާދުކޮށް ނިމި ސަލާމް ދެވުމާއިއެކު ރަވާތިބް ސުންނަތްނުކޮށް، އަދި އެހެންވެސް އިތުރު އަޅުކަމެއް ކޮށްނުލައި އަވަހަށް މިސްކިތުން ފައިބަން ޝައުޤުވެރިވެވޭހެއްވެ؟

ޖަވާބަކީ އާނއެކެވެ! ކަމަށްވާނަމަ ތިބާއަކީ އަދި ﷲ ތަޢާލާގެ މިތުރުންގެ ތެރޭގައި ހިމެނޭ މީހެއް ނޫނެވެ! 

ﷲ ތައާލާގެ މިތުރަކަށް ވެވުމުން ގިނަވަގުތު އަޅުކަމުގައި ހޭދަކުރަން ބޭނުންވެވޭނެއެވެ. ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރަން ބޭނުންވެވޭނެއެވެ. ކީރިތި ޤުރައާން ކިޔެވުމުގައާއި ޛިކުރުކުރުމުގައި ވީހައިގިނަ ވަގުތު ހޭދަކުރަން ބޭނުންވެވޭނެއެވެ. 

އަދި ކީއްހެއްޔެވެ؟  ތިބާ އާއިއެކުގައި ތިއްބަވާ މަލާއިކަތުން ދުވާލަކު ދެފަހަރު ތިބާގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވާއިރު ވީހައި ގިނަ ހެޔޮ ޢަމަލުތަކެއްކުރިކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށްޓަކައި އަބަދުވެސް ވީހައި ގިނަ ހެޔޮ ޢަމަލުތައްކޮށްކޮށް ހުންނަން ބޭނުންވެވޭނެއެވެ! 

މީސްތަކުންނޭވެ! ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާގެ މިތުރުންގެތެރޭގައި ހިމެނުމަށެވެ. އެކަން ޙާޞިލުކުރެވޭނެ ގޮތްތައް މިހުރީ ފެންނާށެވެ! މާދަމާއަށް ލަސްނުކޮށް އަވަހަށް ޢަމަލުކުރަންފަށާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް