އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަ ޢާއިލާގެ އެންމެންގެ ލޯބި ނުލިބިގެން ކަންބޮޑުނުވާށެވެ! އެއީ ރަސޫލްބޭކަލުންނަށްވެސް ލިބިވަޑައިނުގެންނެވި ނިޢްމަތެކެވެ!

އަމިއްލަ ޢާއިލާގެ އެންމެންގެ ލޯބި ނުލިބިގެން ކަންބޮޑުނުވާށެވެ! އެއީ ރަސޫލްބޭކަލުންނަށްވެސް ލިބިވަޑައިނުގެންނެވި ނިޢްމަތެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުންގެ އަމިއްލަ ޢާއިލާގެ ތެރެއިން މައްސަލަތައް ކުރިމަތިވުމެވެ. ސަބަބަކީ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އަމިއްލަ ޢާއިލާގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ. ޢާއިލާގެ އެންމެންގެ އެއްބާރުލުން ތިމާއަށް ލިބޭނެ ކަމަށެވެ. އެހީތެރިކަން ލިބޭނެ ކަމަށެވެ. 

ނަމަވެސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ ސިޔަރަތަށް ބަލާށެވެ! އެންމެ ގިނަ މައްސލަތަކާއި ގޮންޖެހުންތައް އެބޭކަލުންނަށް ކުރިމަތިވެފައިވަނީ އަމިއްލަފުޅު ޢާއިލާގެ ތެރެއިންނެވެ. އެއްބައެއްގެ އެހީތެރިކަން ލިބިވަޑައިގަންނަވާއިއރު އަނެއްބައެއްގެ ކިބައިން ލިބިވަޑައިގެންފައިވަނީ ދުއްތުރާތަކެވެ. ކުރިމަތިވެފައިވަނީ ބޮޑެތި މައްސަލަތަކެވެ. ވީމާ އަހަރެމެންގެ ޙަޔާތަކީ އިސްތިސްނާއެއްކަމަށް ބަލައިގެން ނުވާނެއެވެ. 

ކަންމިހެން އޮތްނަމަވެސް ވަރަށް މަދު ޢާއިލާއެއްގެ ތެރެއިން އެންމެން ގުޅިގެން އެކުގައި އުޅެން މަސައްކަތްކުރާތަން ފެނެއެވެ. ނަމަވެސް އެއީ ޚިޔާލުތަފާތުވުމާއި އެހެންކަންކަން ނެތުމަކުން ނޫނެވެ. ހުރި މައްސަލަތަކާއިއެކުގައިވެސް އެކުވެރިކަމާއި އަޚުވަންތަކަން ދަމަހައްޓަން މަސައްކަތްކުރާތީއެވެ. މައްސަލަތަކުގެ ކުރިއަށް ރަޙިމުގެ ގުޅުން ނެރޭތީއެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަން ﷲ ތަޢާލާ ކުރައްވަވާފައިވާ ވަރުގަދަ އަމުރުފުޅަށް ކިޔަމަންތެރިވާން މަސައްކަތްކުރާތީއެވެ.

ޢާއިލާގެ ތެރެއިން އެއްބާރުލުމާއި އެހީތެރިކަން ނުލިބޭނަމަ ކަންބޮޑުވެވޭނެއެވެ. ދެރަވެސްވާނެއެވެ. ނަމަވެސް ނަޞޭޙަތަކީ އެއީ ހަމަވެދާނެކަމެއްކަމަށް ޤަބޫލުކޮށް އެކަމަކީ މާބޮޑުކަމެއް ކަމަށް ނުހެދުމެވެ. ކެތްތެރިވުމެވެ. ޢާއިލާގެ މީހަކު ތިމާ ނޭދޭ ގޮތަކަށް ކަމެއްކުރި ނަމަވެސް އެއީ އޭނާ ތިބާދެކެ އެއްވެސް ވަރަކަށް ލޯބިނުވާތީކަމަށްވެސް ނުދެކޭށެވެ! ޚިޔާލު ބަދަލުވެ އޭނާއަކީ ޢާއިލާއިން ތިމާ ދެކެ އެންމެ ލޯބިވާ، އެންމެ ބޮޑަށް އެހީތެރިވާ މީހާކަމަށްވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ކަންކަން އެގޮތަށް ބަދަލުވެފައިހުރީ މަދަކުންވެސް ނޫނެވެ. 

ތިމާ ރަނގަޅު، ޙައްޤު ގޮތުގައި ހުރުމުން ތިމާއަށް ﷲ ތަޢާލާ ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ! ނުބައިކޮށް ކަންކަން ކުރާމީހާއަށްވެސް ހެޔޮކޮށް ކަންކަންކުރާށެވެ. އެިއރުން އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އިތުރުކުރައްވަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް