އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިނުވާ ޙާލު ލޯބިވާކަން ދެއްކުމަކީ މުނާފިޤްކަމުގެ ޢަލާމާތެކެވެ! ބިރުވެތިވާށެވެ!

ލޯބިނުވާ ޙާލު ލޯބިވާކަން ދެއްކުމަކީ މުނާފިޤްކަމުގެ ޢަލާމާތެކެވެ! ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ބައިވެރިޔާއަށް ނަމަވެސް ތިބާގެ ހިތުގައި ލޯތްބާއި ކުލުނާއި ހަމްދަރުދީ ނެތި، ބޭރުފުށުގެ ޢަމަލުތަކުން އެކަންކަން ދައްކަން މަސައްކަތްކުރާނަމަ މުނާފިޤުންގެ ތެރޭގައި ހިމެނިދާނެކަމަށް ބިރުވެތިވާށެވެ! މުސްލިމުންނަށް އޮތީ ކޮންމެކަމެއްގައިވެސް ހިތާއި ބޭރުފުށުގެ ޢަމަލުތައް އެއްގޮތްކުރުމެވެ!

ނަމަވެސް ބައެއް ޙާލަތްތަކުގައި ލޯތްބާއި ކުލުނު އުފައްދަން މަސައްކަތްކުރަންޖެހޭ ޙާލަތުގައި ކެތްތެރިވާން އެބަޖެހެއެވެ. އެޙާލަތުގައިވެސް ލޯބިނުވެހުރެ ލޯބިވާކަމަށް ނުބުނާށެވެ! ލޯބިވާން މަސައްކަތްކުރާކަމަށްބުނާށެވެ! ތެދުވެރިވުމަކީ އެއީއެވެ. 

ލޯބި ގެއްލޭފަދަ ޙާލަތެއް މެދުވެރިވާނަމަ ގެއްލިގެންދިއުމުގެކުރިން އެޙާލަތުން ސަލާމަތްވާން މަޝްވަރާކުރާށެވެ! ލޯބިވުމަކީ އިރުއިރުކޮޅުން ކުރެވޭނެ ކަމެއް ނޫނެވެ! ވީމާ އެންމެ މުހިންމީ ލޯބި އެއިގެ ގޮތުގައި އަބަދުވެސް ދެމެހެއްޓުމެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކަމަކީ ލޯބިގެއްލިދާނެ ފަދަ އެއްވެސް ކަމެއް ދެމީހުންކުރެ އެކަކުވެސް ނުކުރުމެވެ!  

ލޯބީގައި ތެދުވެރިވުމަކީ ޒަވާޖީ ޙަޔާތުހައި ބަރަކާތް ލައްވަވާކަމެކެވެ. ބަރަކާތް އުނިވެގެންދާނެ ފަދަ އެއްވެސް ޙާލަތެއް މެދުވެރިނުކުރާށެވެ! އުފާވެރިކަމުގައި ދިރިއުޅެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް