އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުށްބާރު މީހުންނަށް ފިލާވަޅެއް!: ޚަދީޖަތުގެފާނަށް އެހައިމަތިވެރި ދަރަޖައެއް ލިބިވަޑައިގެންނެވި ސަބަބާއިމެދު...

މުށްބާރު މީހުންނަށް ފިލާވަޅެއް!: ޚަދީޖަތުގެފާނަށް އެހައިމަތިވެރި ދަރަޖައެއް ލިބިވަޑައިގެންނެވި ސަބަބާއިމެދު...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގެންނެވި އެއް ބޭކަނބަލަކީ ޚަދީޖަތުގެފާނެވެ. އެކަމަނާގެ ދަރަޖައަކީ ޢީސާގެފާނުގެ މައިކަނބަލުން މަރިޔަމްގެފާނާއި އެއްދަރަޖައެެވެ. 

އެންމެ މަތިވެރި އަންހެން ބޭކަލުން ބަޔާންކުރައްވަވައި ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެބޭކަނބަލުންނަކީ ޚަދީޖަތުގެފާނާއި، (ދަރިކަނބަލުން) ފާޠިމަތުގެފާނާއި މަރުޔަމްގެފާނާއި އަދި ފިރުއަުނުގެ އަނބި އާސިޔާ ކަމަށެވެ. 

ޚަދީޖަތުގެފާނަށް މިހައި މަތިވެރި ދަރަޖައެއް ލިބިވަޑައިގެންނެވީ ހަމަހުންނަވަނިކޮށެއް ނޫނެވެ. އިސްލާމްވެވަޑައި ގަތުމުގެކުރިންވެސް އެކަމަނާގެ ކިބައިހުރި ދީލަތިކަމާއި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. 

އެކަމަނާގެ ތަނަވަސްކަމަކީ ބައްޕާފުޅުގެ ކިބައިން ވާރުތަވި ތަނަވަސްކަމެކެވެ. އެކަމަނާގެ ތޫނުވިސްނުންފުޅުގެ ސަބަބުން ވިޔަފާރި އެތައް ގުނައަކަށް އިތުރަށް ކުރިއަރައިދިއައެވެ.  

އެކަމަނާއަކީ ރަސޫލް ﷺ އާއި ކައިވެނިފުޅު ބައްލަވައިގަތުމުގެކުރިންވެސް ހުވަފަތް އަންހެނުންނަށާއި މިސްކީނުންނަށް އަދި ބަލި މީހުންނަށާއި ނުކުޅެދޭ މީހުންނަށް ދީލަތި ބޭކަނބަލެކެވެ. ފަޤީރުކަމުން ކައިވެނީގެ "ޑައުރީ" ނުދެވިގެން ކައިވެނި ނުކުރެވިތިބޭ އަންހެންކުދިންނަށް އަމިއްލަފުޅަށް ޚަރަދުކުރައްވައިގެން ކައިވެނިކޮށްދެއްވެވިއެވެ. 

ޚަދީޖަތުގެފާނުގެ ދަރަޖަ އެހައިމަތިވެރިވުމަށް ﷲ ތަޢާލާ މަގުފަހިކުރައްވަވައި ދެއްވެވީ އެކަމަނާގެކިބައިގައިހުރި މިފަދަ މާތް، މަތިވެރިސިފަތަކުން ކަމަށްވުމަކީ ވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. މީސްތަކުން މުދަލާއި ތަނަވަސްކަމަށް އިންތިހާއަށް ދަހިވެތިވެފައިތިބި ދުވަސްވަރެއްގައި އެކަމާގެ ދީލަތިކަން ނިކަން ދެކިބަލާށެވެ! 

އެކަމަނާ މީސްތަކުންގެ މައްޗަށް މިހައި ބޮޑަށް ރަޙުމްކުރެއްވެވިއިރު "ރައްބުލްޢާލަމީން" އަކީ ކޮބައިކަމާއި މިއީ އެކަލާނގެ ރުހިވޮޑިގަންނަވާމަގުކަން އެނގިވަޑައިނުގެންފާނެއެވެ. ނަމަވެސް ނިކަމެތިންނަށް އެހީތެރިވެދިނުމަކީ ތަނަވަސްކަމުގެ އަހުލުވެރިންނަށް ކުރަންޖެހޭނެ ކަމެއްކަން އެވަނީ ވިސްނިވަޑައިގެންފައެވެ. 

ވީމާ ޚަދީޖަތުގެފާނުގެ ސިޔަރަތުން މިއީ މުޅި އުންމަތަށް އޮތް ވަރަށް ވަރުގަދަ ފިލާވަޅެއްކަން ޤަބޫލުކޮށް އެމީހަކަށް ވެވުނު ވަރަކުން ފިލާވަޅަށް ޢަމަލުކުރުން މުހިންމުކަމުގައި ދެކެމެވެ. 

- މައުލޫމާތު: އަލްއުޚުތު ފާތިމާ ތަޒީމްގެ ލިޔުއްވުމަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް