އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާކުރަން މަހާނަކައިރިއަށް ދިއުމެއް ނެތެވެ! ޤަބުރުސްތާނަށް ދާންވީ ގިނަގިނައިން މަރުހަނދާންކުރުމަށެވެ!

ދުޢާކުރަން މަހާނަކައިރިއަށް ދިއުމެއް ނެތެވެ! ޤަބުރުސްތާނަށް ދާންވީ ގިނަގިނައިން މަރުހަނދާންކުރުމަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އަދިވެސް ގިނަ ބައކަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަކަމެކެވެ. މިވެނި މީހަކަށްޓަކައި ހެޔޮދުޢާކުރަން އޭނާގެ މަހާނަކައިރިއަށް ދާންޖެހޭނެ ހެއްޔެވެ؟ ނޫނެކެވެ. އެއްވެސް މީހަކަށްޓަކައި ދުޢާކުރަން އޭނާގެ މަހާނަކައިރިއަށް ދިއުމެއް ނެތެވެ. ޤަބުރުސްތާނަށް ދާންވީ މަރުހަނދާންކޮށް ﷲ ތައާލާއަށް ބިރުވެތިވުމަށެވެ! ގޮސްއުޅުމުގެ ތެރޭގައި މީހެއްގެ މަހާނައެއް ފެނިގެން އެމަހާނަކައިރީގައި މަޑުކޮށްލައި އޭނާއަށްޓަކައި ދުޢާކޮށްލުމަކީ ތަފާތުކަމެކެވެ. އެކަން ހުއްދައެވެ. 

ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ މީހަކަށްޓަކައިވެސް ދުޢާކުރެވޭނެއެވެ. ދިރިތިބި މީހުންނަޓަކައިވެސް އަދި މަރުވެފައިވާ މީހުންނަށްޓަކައިވެސްމެއެވެ. 

އަދިވެސް ސަމާލުކަންދޭށެވެ! މުސްލިމުންނަކީ އެއްވެސް މަހާނައެއްގެ ކައިރިއަށް ގޮސް އަޅުކަން ކޮށްގެން ވާނެ ބައެއް ނޫނެވެ. ވާގިއެދިގެންވާނެވެސް ބައެއް ނޫނެވެ. އެހެނީ ރަސޫލް (ﷺ) ވަނީ އިތުރު އެކަލޭގެފާނުގެ މަހާނަފުޅަކީވެސް އަޅުކަންކުރާ ތަނަކަށް ނުހަދަން ޞަޙާބީންނަށް ވަޞިއްޔަތް ކުރައްވަވައިފައެވެ. އެއީ ޝިރުކުގެ އަމަލަކަށް އެކަންވާނެތީއެވެ. އެހެންކަމުން އީސާގެފާނަށް ތަބައަވެގެން ތިބި މީހުން އަމަލުކުރި ފަދައިން ޢަމަލު ނުކުރެއްވުމަށް ރަސޫލް (ﷺ) ވަނީ ޞަޙާބީންނަށް އަމުރުފުޅު ކުރައްވަވައިފައެވެ. 

ވީމާ އެއްވެސް މީހެެއްގެ މަހާނައަކީ މުހިންމުތަނެއް ކަމުގައި ހަދައި އެތަނުގައި އަޅުކަން ނުކުރާށެވެ! އެފަދަ ކަމެއް ބައަކުކުރާ ތަނެއްގައި ނުވެސް ހުންނާށެވެ! އެހެނީ އެމީހުން އެކުރަނީ ނުބައިކަން ބޮޑު ފާފައެކެވެ. ޝިރުކުގެ ޢަމަލެކެވެ. 

އެއާއިއެކު ޞަހާބީންނަށް ޙަދީޘްފުޅު ކުރެއްވެވީ އިސްލާމް ދީނަށް އެއްވެސް ކަމެއް އިތުރުނުކުރެއްވެވުމަށެވެ. އަދި އުނިވެސް ނުކުރެއްވެވުމަށެވެ. އިސްލާމް ދީން ފުރިހަމަ ކުރައްވަވައިފީމޭ ﷲ ތަޢާލާ ވަޙީކުރެއްވެވި ޢާޔަތަށް ފުރިހަމައަށް އަމަލުކުރެއްވެވުމަށެވެ.

މީސްތަކުންނޭވެ! ރަސޫލް (ﷺ) ގަދައަޅުއްވަވައި ވަޞިއްޔަތް ކުރައްވަވާފައިވަނީ ކީރިތި ޤްރްއާނާއި ރަސޫލް (ﷺ) ގެ ސުންނަތުގައި ހިފެހެއްޓުމަށެވެ. ވީމާ އަހަރެމެން ކޮންމެ ކަމެއްގައިވެސް ޖެހޭނީ ކީރިތި ޤްރްއާނަށާއި ސުންނަތަށް އަމަލުކުރާށެވެ. އެއަށް ހަމަ އެކަކަށްވެސް އިންކާރެއް ނުކުރެވޭނެއެވެ. ބައެއް އުނިކޮށް މަދެއްވެސް ނުކުރެވޭނެއެވެ. އެންމެ ކަމަކަށް ނަމަވެސް އިންކާރެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް މިއަދު އަހަރެމެން މިތިބަ ހާލަތަށް ވިސްނައިލުމުން ލޮލުން ކަރުނަ ނުއޮހޮރޭހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް