އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުޟޫ ފުރިހަމަކުރަން ސުންނަތުގައިވާފަދައިން ދެކަންފަތަށް ފެންލާނީ ކިހިނެއް؟

ވުޟޫ ފުރިހަމަކުރަން ސުންނަތުގައިވާފަދައިން ދެކަންފަތަށް ފެންލާނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ވުޟޫކުރާއިރު ދެކަންފަތަށް ފެންލުމަކީ ކަންފަތުގެ އެތެރެފުށާއި ބޭރުފުށުގައި ރަނގަޅަށް ފެންޖައްސައި ފެންއުނގުޅުމެވެ. 

އިބްން ޢައްބާސްގެ އަރިއަހުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅުން އެނގެން އޮތްގޮތުގައި ރަސޫލް ﷺ ބޯފުޅުގެ އިސްތަށިފުޅުގައާއި ދެކަންފަތްފުޅުގައި ފެންފޮދު ލެއްވެވެވިއެވެ. އަދި ކަންފަތްޕުޅުގެ ބޭރުގައި ލެއްވެވީ ބޮޑުވާއިނގިލިފުޅުންނެވެ. އެތެރޭގައި ލެއްވެވީ ޝަހާދަތް އިނގިލިފުޅުންނެވެ. 

At-Tirmidhi (36) and an-Nasaa’i (102) narrated that Ibn ‘Abbaas (may Allah be pleased with him) said: 

The Messenger of Allah (blessings and peace of Allah be upon him) did wudoo’, then he wiped his head and ears, wiping the insides with his forefingers and the outsides with his thumbs. 

Classed as saheeh by al-Albaani in Saheeh an-Nisaa’i.

An-Nawawi (may Allah have mercy on him) said in al-Majmoo‘ (1/443):

ބައެއް ޢިލްމުވެރިން މިއީ ވާޖިބުކަމެއްކަމަށް ވިދާޅުވެއެވެ. އަނެއްގައި ޢިލްމުވެރިން ވިދާޅުވަނީ މިއީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. ކަންފަތަށް ފެންލުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް ބެލިނަމަވެސް އެއީ ނުކޮށް ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ. 

ޞަޙާބީންނަށް ކުރެއްވެވި ޙަދީޘްފުޅުގައި އޮތީ "ތިމަންކަލޭގެފާނު ކުރެއްވެވިތަން ފެނިވަޑައިގެންނެވި ގޮަތަށް ވުޟޫކުރައްވައިގެން ނަމާދުކުރެއްވެވުމަށެވެ." 

ހަމައެއާއިއެކު ފުރިހަމަގޮތުގައި ވުޟޫކޮށްގެން ނަމާދުކުރާނަމަ އެއްނަމާދުން އަނެއް ނަމާދާއި ދެމެދުގައި ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވާނެކަން ވެސް ޙަދީޘްފުޅުން އެނގެންއެބައޮތެވެ. 

عَنْ عُثْمَانَ بْنِ عَفَّانَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

لَا يَتَوَضَّأُ رَجُلٌ مُسْلِمٌ فَيُحْسِنُ الْوُضُوءَ فَيُصَلِّي صَلَاةً إِلَّا غَفَرَ اللَّهُ لَهُ مَا بَيْنَهُ وَبَيْنَ الصَّلَاةِ الَّتِي تَلِيهَا

158 صحيح البخاري كتاب الوضوء باب الوضوء ثلاثا ثلاثا

227 صحيح مسلم كتاب الطهارة باب فضل الوضوء والصلاة عقبه

ޝައިޚް އިބްން އުޘައިމީން ރަޙީމަހުﷲ ވިދާޅުވެފައިވަނީ ކަންފަތަށް ފެންލާއިރި ޝަހާދަތް އިނގިލި ފޯރާ ހިސާބުގައި އިނގިލިން ފެންއުނގުޅަންވާނެކަމަށެވެ. ނަމަވެސް ގަދަކަމުން ތަދުވާވަރަށް އެރެއަށް ކޮށްޕުމެއް ނެތަކަމަށެވެ. އަދި ބޭރުފުޅާއި އެތެރެފުށުން އިނގިލި ޖެއްސޭ ސަރަހައްދު ރަނގަޅަށް ސާފުކުރަންވާނެ ކަމަށެވެ. 

އެހެންނަމަވެސް މިއަދު ބައެއް މީހުން ކަންފަތުގައި ފެންލަނީ ހަމައެކަނި ނަމެއްގައެވެ. ހީވަނީ ކަންފަތުގެ ތެރެއަށް ފެންތިއްކެއް ހިނގައިދާނެތީ ބިރުން ތެޅިފޮޅޭހެންނެވެ. ދެއިނގިލިކުރީގައި ފެންތިކެއްޖައްސާފައި ބޭރާއި އެތެރޭގައި އުގުޅައިލަނީއެވެ. ފުރިހަމައަށް ފެންޖައްސާކަށް މަސައްކަތްެއް ނުކުރެއެވެ. އަދި ހުރިހާ ތަނެއްގައި އިނގިލި އުނގުޅައެއްވެސް ނުލައެވެ. 

ބުނެލަން ބޭނުންވަނީ ވުޟޫ ވީހައި ފުރިހަމައަށް ކުރަން ސަމާލުކަންދޭންޖެހޭނެ ކަމަށެވެ. ނަމާދުފުރިހަމަވާނީ އެއިރުންނެވެ. ވީމާ ވީހައިފަރުވާތެރިކަމާއިއެކު ވުޟޫކުރަން އާދަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް