އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮބުވެތި ނަންތަކުން ދަރިންނަށް ގޮވުމަކީ މައިންބަފައިންގެ ލޯބި ދަރިންނަށް އިޙްސާސްވާނެކަމެއް: ޝައިޚް އަޙްމަދު ރިމާޒް

ލޮބުވެތި ނަންތަކުން ދަރިންނަށް ގޮވުމަކީ މައިންބަފައިންގެ ލޯބި ދަރިންނަށް އިޙްސާސްވާނެކަމެއް: ޝައިޚް އަޙްމަދު ރިމާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މުސްލިމުންނަށް ގޮވައިލެވެންވާނީ ހެޔޮލަފާ އަދި އެމީހަކީ މުސްލިމެއްކަން އެނގޭނެ ނަމަކުންނެވެ. ކިޔާނަމާއި މީހުންގެ ޢަމަލުތަކާއި ގުޅިގެންދާކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ. އެހެންކަމުން ރިވެތި ނަމަކުން ދަރިންނަށް ނަންކިޔައި އެނަމުން ގޮވައިހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ދަރިއަކު ލިބުމުން ވީހައި ރިވެތި ނަމެއްކިޔަން ބޭނުންވެ އެފަދަ ނަންތައް ހޯދައިގެން ކިޔައެވެ. ނަމަވެސް ދަރިން ބޮޑުވެ ގޮވާލަން ބޭނުންވުމުން ބައެއް ފަހަރު ގޮވައިލެވެނީ ދަރިފުޅަށް ކިޔާފައިވާ ރިވެތި، މާތް ނަމަކުން ނޫނެވެ.  

"ލޮބުވެތި ނަންތަކުން ދަރިންނަށް ގޮވުމަކީ މައިންބަފައިންގެ ލޯބި ދަރިންނަށް އިޙްސާސްވާނެކަމެއް" – މިއީ ޝައިޚް އަހްމަދު ރިމާޒް ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

މިބަސްފުޅު ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ މިހާރަކަށް އައިސް ދަރިންނަށް ލޯބިން ކިޔާ ނުވަތަ ގޮވައިލެވޭ ނަންނަމުގެ ތެރޭގައި ގޭގައި ގެންގުޅޭ ބުޅަށާއި ބައެއް ޖަނަވާރުތަކަށް ކިޔައި އުޅޭ ނަންތައް ހިމެނިގެންދާތީއެވެ. 

އިތުރު ތަފްޞީލް ލިބިވަޑައިގަންނަވާނެ މުހިންމު ލިޔުމެއް: 

https://islamqa.info/en/answers/7180/etiquette-of-naming-children

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް