އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަކީ ﷲ ތަޢާލާ ބައްދަލުކުރެއްވެވުމަށް ލޯބިވެވޮޑިގަންނަވާ މީހަކަށްވާނެ މަގު: މުފްތީ މެންކް

ތިމާއަކީ ﷲ ތަޢާލާ ބައްދަލުކުރެއްވެވުމަށް ލޯބިވެވޮޑިގަންނަވާ މީހަކަށްވާނެ މަގު: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އުފާވެރިކަމާއިއެކު ﷲ ތައާލާ އާއި ބައްދަލުވުމަށް އެދޭމީހާއަށް އޮތީ ދެކަމެއްގައި ސާބިތުވުމެވެ. އެއީ ޝަރީކުނުކުރުމާއި ހެޔޮ ޢަމަލު ކުރުމެވެ. މިއަދު މިބަލައިލަނީ މީގެތެރެއިން ހެޔޮ ޢަމަލުކުރުމަށެވެ. 

ހެޔޮ ޢަމަލުކުރުމުގައި 2 ބައެއް ވެއެވެ. އެއީ އަޅުކަންކުރުމުގެ އިތުރުން މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތުމުގެ މާނަ ވަނީ ވަރަށް ބޮޑަށް ފުޅައުވެގެންނެވެ. ޢާއިލާގެ އެންމެންގެ އިތުރުން އެންމެހައި މީސްތަކުން މާނައިގައި ހިމެނިގެންވާތީއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ހެޔޮ ޢަމަލުތައްކުރުމުގެ މާނައަކީ ހަމައެކަނި އަޅުކަންކުރުން ކަމަށް ދެކެގެންނޫވާނެއެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކޮންމެ ކަމަކުން ދުރުހެލިވުމަކީވެސް ހަމަ އަޅުކަމުގެ ތެރެއިން ހިމެނޭކަމެކެވެ. ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. 

މިދެ ޢަމަލުކުރުމުގައި ސާބިތުވެއްޖެ މީހާ ﷲ ތައާލާ އާއި ބައްދަލުވުމުން އުފާވެރިކަން ލިބިގަންނަން އުންމީދުކުރާށެވެ! އަދި ﷲ ތަޢާލާ އާއި ބައްދަލުވުމަށް އުންމީދުކުރާ މީހާއަށް އޮތް އެންމެ އުފާވެރި ޚަބަރަކީ ﷲ ތަޢާލާ އާއި ބައްދަލުވުމަށް އެދޭ މީހާ އާއި ބައްދަލުކުރެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް