އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންވާހައިކަމެއް ކުރެވޭވަރަށް ފައިސާ ނުލިބުމަކީވެސް ﷲ ގެ ރަޙްމަތެކެވެ! އުފާކުރާށެވެ!

ބޭނުންވާހައިކަމެއް ކުރެވޭވަރަށް ފައިސާ ނުލިބުމަކީވެސް ﷲ ގެ ރަޙްމަތެކެވެ! އުފާކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ރަނގަޅަށް ބަލައިފިނަމަ އަހަރެމެންގެ ތެރޭގައި ގިނަވާނީ ކުރަން ބޭނުން ގިނަކަންތައްތަކެއް ނުކުރެވިފައި ތިބިބައެކެވެ. އެކަމުގެ ކަންބޮޑުވުމުގައި ތިބި މީހުންނެވެ! އެކަންކަމަށް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތުމުންނެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ އެންމެންނަށްވެސް ރިޒްޤްދެއްވަވައެވެ. އެއްބައަކަށް ވަރަށް ގިނައިންނެވެ. އަނެއްބައަކަށް ފުދިގެން އުޅެލެވޭވަރަށެވެ. އަނެއްބައަކަށް ވަރަށް މަދުންނެވެ. އެކަން އެގޮތަށް މިންވަރުކުރައްވަވަނީ ބޭއިންޞާފަކުންނޫނެވެ. ހަމަ މީސްތަކުންނަށް ރަނގަޅަކަށެވެ. 

ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލައި ހިތަށްއެރިހައި ގޮތަކަށް ކަންކަންކުރާ މީހުންވަރަށް ގިނައެވެ. އެކަމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭނެ މީހުންވެސް އެހައިމެގިނައެވެ. ވީމާ ތިބާއަށް މަދުން ދެއްވަވާނަމަ އެއީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމުގެ ހެއްކެއްކަމަށް ޤަބޫލުކުރާށެވެ! އަދި އެކމަށްޓަކައި އުފާކުރާށެވެ! 

މިއީ ކަންއޮތްގޮތް ނަމަވެސް ގިނަބައަކު އަބަދުވެސް ތިބެނީ މަދުން ލިބޭތީ ކަންބޮޑުވެގެންނެވެ. މަދުން ލިބޭނަމަ އިތުރަށް ހޯދަން މަސައްކަތްކުރާށެވެ! ޙަލާލްގޮތުގައި މަސައްކަތްކުރާށެވެ! ދުޢާކުރާށެވެ! ދެއްވަވާ މިންވަރަށް ޝުކުރުވެރިވާށެވެ! މުހިންމީ ބޭނުންވާހައިކަމެއް މިދުނިޔޭގައި ޙާޞިލުކުރެވުމެއް ނޫނެވެ. އާޚިރަތް ދުވަސް ކާމިޔާބުކުރެވުމެވެ. ވީމާ އުންމިދު ނަގާނުލައި އެކަމަށް މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް