އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑް ފަތުރުވާ މީހުން ބަންދުނުކޮށް މިސްކިތްތައް ބަންދުކުރީމާ މިސްކިތްތަކުގެ އަހުލުވެރިންނަށް ޖެހޭނީ ނުކުމެެ އެމީހުން ބަންދުކުރަން ނޫންތޯ؟

ކޮވިޑް ފަތުރުވާ މީހުން ބަންދުނުކޮށް މިސްކިތްތައް ބަންދުކުރީމާ މިސްކިތްތަކުގެ އަހުލުވެރިންނަށް ޖެހޭނީ ނުކުމެެ އެމީހުން ބަންދުކުރަން ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓުވުމަށާއި ޖަމާޢަތުގައި ނަމާދުކުރާ މީހުންގެ އަދަދު މަދުކުރަން ދުރާލައި ވަރަށް ރޭވުންތެރިކަމާއިއެކު ކުރިއަށްގެންދާ ޕްރޮގްރާމްގެތެރެއިން މިހާރު އަނެއްކާވެސް އެންމެ ގަދައަށް އިވެނީ މިސްކިތްތަކުގެ ޖަމާއަތް ހުއްޓުވާލަން އުޅޭކަމުގެ އަޑެވެ. އެކަމަށް ބޮޑެތި ބަހުސްތައް ކުރެވެމުންދާ ވާހަކައެވެ. 

ކޮވިޑާއި ގުޅުވައިގެން ކަމަށްހަދައި މިފަދަ ފިޔަވަޅުތައް އަޅަން ރާވާއިރު ކަމުގެ ހަޤީޤަތް އެބަ  އެނގެން ޖެހެއެވެ. ފުރަތަމަ ކަމަކީ 3 ވަނަ ރާޅު ބިންދައިލީ ބޭރު ޤައުމުތަކުން އައި ކަރަންޓީނުކުރަންޖެހޭ ބައަކު ކަރަންޓީނުނުކޮށް ދޫކޮށްލުމުން ނޫންތޯއެވެ؟ ރާއްޖެތެރެއަށް ފެތުރުނީ ޚާއްޞަ ހުއްދައެއްގެ ދީފައި ރަށްރަށަށް ފޮނުވި ބައެއްގެ ސަބަބުން ނޫންތޯއެވެ؟ ކިތަންމެ ވަރަކަށް މަތިއޮމާންކުރިނަމަވެސް ޙަޤީޤަތަކީ މިއީ ނޫންކަމަށް ހެދޭނެކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. 

ވީމާ މިހިސާބުން ކޮށްލަންޖެހޭ ސުވާލަކީ ކަރަންޓީނުކުރަންޖެހޭ ބައަކު ކަރްންޓީނުނުކުރީ، ނުކުރަނީ މިސްކިތްތަކުގައި ޖަމާއަތުގައި ކުރާ ނަމާދުންތޯއެވެ؟ ޚާއްޞަ ހުއްދައެއް ދީފައި ރަށްތަކަށް މީހުން ފޮނުވީވެސް މިސްކިތްތަކުގައި ޖަމާއަތުގައި ކުރާ ނަމާދުންތޯއެވެ؟ އެހެން ނޫންކަމަށްވާނަމަ އެކަމުގެ ސަބަބުން ކުރިމަތިވި ކަމެއްގައި މިސްކިތުގައި ޖަމާއަތުގައި ކުރާ ނަމާދުކުށްވެރިކޮށް އަދަބުދޭން މަސައްކަތްކުރަނީ ކީއްވެގެންތޯއެވެ؟ 

އެޙާލަތަށް ކަންކަން ހިނގައްޖެނަމަ މިސްކިތްތަކުގެ އަހުލުވެރިންނަށް ޖެހޭނީ ކަމުގެ ޒިންމާ އުފުލަންޖެހޭ މީހުން ހޯދައި އެމީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އަޅަން މަސައްކަތްކުރުން ކަމަށްވުމަކީ ވަރަށް ގާތްކަމެކެވެ. ފުލުހުންނާއި ސިފައިންގެތެރޭގައި ވެސް މިކަމުގައި ބައިވެރިވާނެ ބައަކު ނުތިބެ ނުދާނެކަން ގިނަބައަކު ޔަޤީންކުރެއެވެ. 

ތިމާމެން އަމިއްލައަށް ކޮންމެ ކަމެއް ގޯސްކޮށްފައި މިސްކިތްތައް ކުށްވެރިކޮށް މިސްކިތްތަކަކީ މާބިރުވެރިތަނެއްކަމަށް ދައްކައި މިސްކިތުގެ ޖަމާއަތާއި މީސްތަކުން ދުރުކުރަން މަސައްކަތްކުރާއިރު އުފެދޭ ސުވާލަކީ މިހައިތަނަށް އައިއިރުވެސް އެއްވެސް މިސްކިތަކުން އުފެދުނު އެއްވެސް ކްލަސްޓަރެއް ފެނިފައިވޭތޯއެވެ؟ މިސުވާލުކުރުމުން ކްލަސްޓަރެއް އުފެއްދުމަކީ ނުކުރާނެ ކަމެއްކަމަށް ބުނެވޭކަށް މިހާރަކު ނެތެވެ. 

ޔަޤީންކުރެވޭ ކަމަކީ މިސްކިތައް ކޮވިޑާއި ގުޅިގެން ބަންދުކުރުމަށްފަހު ހުޅުވީންސުރެ މިއަދާއި ހަމައަށް ސުންނަތާއިއެއްގޮތަކަށް ދެފައާއި ކޮނޑު ޖައްސައިގެން ނަމާދުކުރާ އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވިކަން މިހައިތަނަށް އެނގެން ނެތްކަމެވެ. މިހެން ބުނުމުން އެފަދަ ޕޮޒިޓިވް ކޭސްތަކެއް ފެންމަތިނުކުރާނެކަމަށް ބެލެވޭކަށް ނެތެވެ. 

ހަމަ އެއާއިއެކު ފާހަގަކުރަންޖެހޭ ކަމަކީ ގިނަ މީހުން ނަމާދުކުރަނީ ގައިދުރުކޮށް ތިބެގެންކަމެވެ. އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އިޙްތިރާމްވެސްކުރާކަމެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ތިބުމަށް އިސްލާމިކް މިނިސްޓްރީން ދޭ އިރުޝާދުތަކަށް އެންމެންހެން  އަމަލުކުރާކަން މިސްކިތްތަކުން ދަނީ ފެންނަމުންނެވެ. 

ރައްޔިތުން ދަނީ ވެކްސިންޖަހަމުންނެވެ. ކުރަން އޮތްކަމަކީ އަވަހަށް ވެކްސިންގެ 2 ޑޯޒް ހުރިހާ ރައްޔިތުންނަށް ފުރިހަމަކޮށްދިނުމެވެ. ރައްޔިތުންގެ 99 އިންސައްތަ މީހުން ތިބީ އަވަހަށް ވެކްސިން ޖަހަން ކެތްމަދުވެފައެވެ. ވީމާ ކުރަން އޮތް ކަމަކީ މިސްކިތުގެ ޖަމާޢަތް ހުއްޓުވުމެއް ނޫނެވެ. 

މަކަރުވެރިން ރާވާނެއެވެ. އެރޭވުންތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެފަދަ ރޭވުންތައް ބާޠިލުކުރައްވަވާނެކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ! ވީމާ ބައަކު ކިތަންމެ މަކަރުވެރި ރޭވުންތަކެއް ރޭވި ނަމަވެސް އާޚިރުގައި ނަޞްރު ލިބިގެންދާނީ މިއަދުގެ ޚުޠުބާގައި ބަޔާންކުރިފަދައިން ޙައްޤުގެ މަގުގައި ތިބި ތަޤްވާވެރިންނަށެވެ. އެކަމަށް ޝައްކުވެސް ކުރުމެއް ނެތެވެ! އެކަން ކީރިތި ޤުރްއާނުން އެނގި ޔަޤީންވާން އޮތުމުންނެވެ. 

މިސްކިތްތަކުގެ ޖަމާޢަތް ހުއްޓުވިއަ ނުދޭން މަސައްކަތްކުރައްވާ ޢިލްމުވެރިން ވެސް އެނގެއެވެ. އެއެންމެބޭފުޅުން ކުރައްވާ ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަސް ޙައްޤެވެ! ތިއަ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ބަރަކާތް ލައްވަވައި ނަޞްރު ދެއްވަވާށި! އާމީން

ޔަޤީންކުރައްވާށެވެ! މިސްކިތްތަކުގެ އަހުލުވެރިން ތިބީ ތިއަބޭފުޅުންނާއިއެކުގައެވެ. ދުޢާކުރުންމަތީގައެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް