އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަދަފަދަކަމާއިއެކު ނަރަކައިގެ މެދަށް ދަމައި ގެންގޮސް އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ ޢަޛާބް އޮއްސާނެތެވެ!

ގަދަފަދަކަމާއިއެކު ނަރަކައިގެ މެދަށް ދަމައި ގެންގޮސް އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ ޢަޛާބް އޮއްސާނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ނަރަކައެވެ ބުނެވުމުން ހިތަށް ބިރުވެރިކަން ވަންނަ މީހުން ހާދަމަދެވެ. އެމީހުން އެވަނީ ނަރަކައާއިމެދު ޣާފިލުވެފައެވެ. އެމީހުންގެ ވިސްނުމުގައި ނަރަކައެއް ނުވެއެވެ. ނަރަކައަށް ވަންނަން ޖެހިދާނެކަމަށް ބިރުވެތިވުމެއް ނެތެވެ. 

އެފަދަ މީހުންނަށް ހަމައެކަނި މި 4 އާޔަތް ނުފުދެނީ ހެއްޔެވެ؟ 

(ޒަބާނިޔާ މަލާއިކަތުންނަށް އަންގަވާނެތެވެ!) ގަދަފަދަކަމާއިއެކު އެމީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ! (47) ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ ޢަޛާބް އޮއްސާށެވެ! (48) (އަދި އޭނާއަށް އަންގަވާނެތެވެ!) ކަލޭ (ޢަޛާބުގެ) ރަހަ ދެކޭށެވެ! ކަލެއަކީ ހަމަ، ބާރުގަދަ މާތް މީހަކީމެވެ. (49) ހަމަކަށަވަރުން މިއީ ތިއަބައިމީހުން އެކަންތަކާއިމެދު ޝައްކުކޮށް އުޅުނު ކަންތަކެވެ. (50) (އައްދުޚާން ސޫރަތް)

މި 2 އާޔަތުގައި މިވަނީ ނަރަކައިގައި އޭނާ ކާނޭ ކާނާގެ ވާހަކައެވެ! އެނޫން އެއްޗެއް ނުލިބޭނެއެވެ! 

"ހަމަކަށަވަރުން ޒައްޤޫމް ގަހަކީ (ނަރަކައިގައި) ފާފަވެރިންގެ ކާނާއެވެ. (44) ތެޔޮކުނޑިފަދައިން ބަނޑުގައި ބަނޑުގައި އެ ކެކޭނެތެވެ. (45) ކެކިކެކި ހުންނަ ފެން ކެކޭފަދައިންނެވެ. (46) (އައްދުޚާން ސޫރަތް) 

މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ނަރަކައަށް އެންމެ ހިނދުކޮޅަކަށްވެސް ވަންނަން ނުޖެހޭނެ ގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތްކުރާށެވެ! 

ކުރަން ބޭނުންހައި ފާފަތަކެއްކޮށް ޙަރާމް ތަކެތި ކައި ބޮއި ހަދަމުން ތިއަ ގެންދަނީ މި 2 އާޔަތް އޮތްކަންވެސް ހަނދާން ނައްތާލައިފައެވެ. ކެއުމަކަށް ލިބޭނީ ޒައްޤޫމްކަމާއި އެ ކެއުމުން ތެޔޮކުނޑިފަދައިން ކެކިކެކި ހުންނަ ހޫނު ފެން ކައްކާ ފަދައިން ބަނޑުގައި ކެކިއުތުރި އަރައަރައި ދާއިމަށް ހުންނާނެ ކަމުގެ ބިރު ނެތިއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
75%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް