އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާރު ފެންނަމުން މިދަނީ ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއްއޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއްނޫން!: މެންބަރު ސަލީމް

މިހާރު ފެންނަމުން މިދަނީ ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއްއޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއްނޫން!: މެންބަރު ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މިހާރު ފެންނަމުން މިދަނީ ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއްއޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަންކަން ނޫންކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ސަލީމް މިފަދަ މޭރުމަކުން ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިސްއަށް އިއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލިސްގައި، މަޖިލީހުގެ މައިނޯރިޓީންގެ ފަރާތުން މައިނޯރިޓީ ލީޑަރުގެ  ހައިސިއްޔަތުން ޖަވާބު ދެމުންނެވެ.

''ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް، ދިވެހި ގައުމުގެ މިނިވަން ކަމަށް ނެދެވޭ އަސަރުކުރާނެ އަދި ދިވެހި ކަނޑުތަކުގެ މުއްސަނދިކަމާއި، މުޅިކަނޑުގެ ޚަޒާނާ ބޭރު ބައަަކަށް ދިނުން ރާއްޖޭގެ ހައިޑްރޯގްރަފީކުރަހަން ބޭރުބައަަކަށް ދިނުމަކީ ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއްއޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއްނޫން" ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.  

އަދި "ރާއްޖޭގެ ރަށްރަށާއި ވިލުދޮޅިތަކާއި، ގިރިފަރުތަކާއި، ހާތަކާއި ކަނޑުއޮޅިތަކުގެ ފުންމިނާއި އެތަންތަނުގެ މަންޒަރުތަށް ބޭރު ބައަކު ޖައްސާނެ ކުލައެއް ޖައްސަން އެތަންތަން ޚަރާބުކޮށްލަން ދޫކޮށްލުމަކީ މި ގައުމުދެކެ ލޯބިވާ ބައަކު ކުރާނެ ކަމެއް ނޫން. ގައުމެއްގެ މިނިވަންކަމާއި، ސިޔާދަތާއި އެ ޤައުމެއްގެ ޚާރިޖީ ސިތާސަތު ވަނީ ގުޅި ލާމެހިފައި ކަމަކަމަށްވެސް ސަލީމް ވިދާޅުވިއެވެ. 

ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި ދިވެހިން ސިޔާދަތާއި ބާރުތައް އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ގެއްލެމުން ކަމަށެވެ. ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެ ނަމަ ދިވެހިރާއްޖެ އަޅުވެތިވެދާނެ ކަމަށާއި ދިވެހިގެ މި ކަނޑުގައި ކާބަފައިން ވާރުތަކޮށްދިން ބާރރުވެރިކަން މިއަދު ދިވެހިންގެ އަތުގައި ނެތް ކަމަށެވެ. 

ސަލީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކަމުގައި އިހުބަސްވެސް އަދި ފަހުބަސްވެސް ބުނަންޖެހޭނީ ދިވެހިން ކަމަށެވެ. އަދި ދިވެހިންގެ ކަންކަމުގައި ގޮތްނިންމުމުގައި އެހެން ގައުމަކުން ބަސްބުނުމަކީ ދިވެހިންގެ ސިޔާދަތު ގެއްލިފައިވާކަން ވަރަށް ރަނގަޅަށް ހާމަކޮށްދޭ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް