އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ކީރިތި ޤުރްއާން ކިޔަވާއިރު، ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ލިބުން އެދި އަދާކުރުން މުހިންމު ސުންނަތެއް!

މިއީ ކީރިތި ޤުރްއާން ކިޔަވާއިރު، ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ލިބުން އެދި އަދާކުރުން މުހިންމު ސުންނަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ކީރިތި ޤުރްއާން ކިޔަވާއިރު ނަރަކައިގެ ވާހަކަ އައުމުން ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމާއި ސުވަރުގޭގެ ވާހަކަ އައުމުން ސުވަރުގެ ދެއްވެވުން އެދި ދުޢާކުރުމަކީ ސުންނަތުން ފެންނަން އޮތްކަމެކެވެ. 

ހުދައިފާ ރަޟިޔަﷲ ޢަންހު ރިވާކުރައްވަވާފައިވެއެވެ. "ތިމަންކަލޭގެފާނު ރަސޫލް ގެ ފަހަތްޕުޅުގައި ދަމުނަމާދުކުރެއްވެވީމެވެ. ފުރަތަމަ ރަޚްޢަތުގައި ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތާއި އަދި އައްނިސާ ސޫރަތް ވިދާޅުވިއެވެ. ކިޔަވައިވިދާޅުވަމުން ގެންދެވިއިރު ނަރަކައިގެ ވާހަކަ (އާޔަތެއްގައި) އައުމުން ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރެއްވެވިއެވެ. އަދި ސުވަރުގޭގެ ވާހަކަ (އާޔަތެއްގައި) އައުމުން ސުވަރުގެ ދެއްވެވުން އެދި ދުޢާކުރެއްވެވިއެވެ. 

އެކަންކުރަން ކޮންމެހެން ޢަރަބި ބަސް އެނގޭކަށްވެސް ނުޖެހެއެވެ. "ޖަހައްނަމަ" އައުމުން އެއޮތީ ނަރަކައިގެ ވާހކަކަމާއި "ޖަންނާ" އޮތުމުން އެއީ ސުވަރުގޭގެ ވާހަކަކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެވަރުންވެސް މި ބަޔާންކުރި ފަދައިން ދުޢާކުރެވޭނެއެވެ. 

އަހުރެން ދެކޭ ގޮތުގައި މިފަދައިން ދުޢާކުރުމަކީ ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ ލިބިގަތުމަށް އެމީހާގެ ހުރި ޝައުޤުވެރިކަންވެސް ބަޔާންކޮށްދޭނެ ކަމެކެވެ. އަދި އަހުރެމެން މިކުރާ ހުރިހާ މަސައްކަތެއްގެ މަޤްޞަދު ގުޅިފައިވަނީ ނަރަކައިން މިންޖުވުމާއި ސުވަރުގެ ލިބުން ކަމުގައިވާއިރު ކީރިތި ޤުރްއާން ކިޔަވަމުން ގެންދާއިރު މިކަމަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އަހުރެން ދެކެމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް