އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގީގެ އަޑުއިވި، މަޤްބޫލް ޢުޒުރެއްނެތި ޖަމާޢަތަށް ނުދާމީހާއަށް ނަމާދެއް ނެތް!: ޙަދީޘް

ބަންގީގެ އަޑުއިވި، މަޤްބޫލް ޢުޒުރެއްނެތި ޖަމާޢަތަށް ނުދާމީހާއަށް ނަމާދެއް ނެތް!: ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

"ޙަދީޘްފުޅުގައި އޮތީ ބަންގީގެ އަޑުއިވި، މަޤްބޫލް ޢުޒުރެއްނެތި ޖަމާޢަތަށް ނުދާމީހާއަށް ނަމާދެއް ނެތްކަމަށް. ނަމާދަށް ދިއުމުގަ ނަމާދުވާޖިބުވާ އެއްވެސް ފިރިހެނަކު އިސްތިސްނާއެއް ނުވާނެ. ޢިލްމުވެރިއެއް، ވެރިއެއް ނުވަތަ އެނޫން މީހަކުވެގެންވެސް ނަމާދުގެ ޖަމާއަތަށް ދިއުމުގައި އެއްވެސް އިސްތިސްނާއެއް ނެތް."  

އިސްލާމް ދީނުގައި ނަމާދު ފަރުޟު ކުރައްވަވައި އަދި މިސްކިތުގެ ޖަމާއަތަށް ދިއުން ވާޖިބުކުރައްވަވާފައިވަނީ ވަކި ބައަކަށް ނޫނެވެ. ބާލިޣްވެއްޖެ ކޮންމެ ފިރިހެނެއްގެ މައްޗަށް އެއީ ވާޖިބެކެވެ. ބަލިމަޑުކަމެއްގައިވުން ފަދަ ކަމެއް މެދުވެރިވެގެން ނޫނީ ޤަޞްދުގައި ޖަމާއަތަށް ނުގޮސް ހުރުމެއް ނެތެވެ. އަދި ކަންދިމާވާ ގޮތަކުން ނަމާދެއްގެ ޖަމާއަތަށް ނުދެވުނު ނަމަވެސް ޢާންމުގޮތެއްގައި ޖަމާއަތަށް ނުގޮސް ގޭގައި ނަމާދުކުރުމަކީ ނަމާދުވާޖިބުވާ އެއްވެސް ފިރިހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. 

ރާއްޖޭގައި ކޮރޯނާގެ ޙާލަތު ގޯސްވެ މިސްކިތްތައް ބަނަދުކޮށްފައި ހުރި ދުވަސްވަރު މިސްކިތްތަކުން ގޮވަމުން ގެންދިއައީ ގޭގައި ނަމާދުކުރުމަށެވެ. މިސްކިތްތައް ހުޅުވި ފަހުން ގެންދަނީ "ފަލާޙް ލިބިގަތުމަށްޓަކައި (މިސްކިތުގެ ޖަމާއަތަށް) އައުމަށެވެ!" ކޮވިޑްގެ ނުރައްކާތެރިކަން ފެތުރެންދެން އިސްވެދިއަ ދިގު ޒަމާނުގައި ވެސް މިސްކިތްތަކުން ގޮވަމުން އައީ ހަމައެގޮތަށެވެ. ރާއްޖެ އިސްލާމްވެ ފާއިތުވީ 900 ވަރަކަށް އަހަރުވެސް މިސްކިތްތަކުން ގޮވީ ހަމައެގޮތަށެވެ. 

މިސްކިތްތަކުން ކޮންމެ ދުވަހަކު 5 ފަހަރު ގޮވައިލެވޭ މި ގޮވައިލުމަށް ބީރުކަންފަތްދީ ޖަމާއަތުގައި ނުކުރާ މީހުންވެސް ތިބެއެވެ. އެއިގެ ތެރޭގައި ތިމާއަކީ ދީނީ ޢިލްމުވެރިންކަމަށް ދައުވާކުރާ ޢިލްމުވެރިންވެސް ހިމެނެއެވެ. 

ހިތާމައަކީ މިސްކިތުގެ ޖަމާޢަތަށް ގޮސް ސުންނަތުގައިވާފަދައިން ނަމާދުކުރަން ހިތްވަރުދެއްވާ ޢިލްމުވެރިންނާއިމެދު ފިތުނަ އުފެދޭ ގޮތަށް ޖަމާއަތަށް ދުވަހަކުވެސް ގޮސްނުއުޅޭ ޢިލްމުވެރިން ފަތުވާނެރެމުން ގެންދާ ކަމެވެ. އެފަދަ ބަސްތަކުގެ ސަބަބުން ނަމާދުކުރުމާއި ޖަމާއަތަށް ދިއުމާއިމެދުވެސް އަދި ސުންނަތާއި އެއްގޮތަށް ނަމާދުކުރުމާއިމެދުވެސް ދަނީ ވަރަށް ބޮޑެތި އޮޅުންތައް އަރަމުންކަން ފާހަގަކުރެވެއެވެ. 

Abu Hurayrah, may Allah be pleased with him, narrated that the Messenger of Allah said, “No prayer is harder for the hypocrites than the morning and the night prayers, and if they knew the reward for these prayers at their respective times, they would certainly present themselves in the mosques, even if they had to crawl.” The Prophet added, “Certainly, I decided to order the muezzin to call the azan and order a man to lead the prayer and then take a flame of fire to burn all those who had not left their houses so far for the prayer along with their houses.”

(Al-Bukhaari, Azan 29, Husumat 5, Ahkam 52; Muslim, Masajid 252, (651); Muwatta, Salaat Al-Jamaa‘ah 3, (1, 129-130); Abu Dawud, Salat 47, (548, 549); Tirmidhi, Salat 162, (217); Nasaa’i, Imamah 49, (2, 107).

ޚާއްޞަ ނަމާދަކަށް މެނުވީ މިސްކިތުގެ ޖަމާޢަތަށް ވަޑައިނުގެން މުޅި އުމުރު ހޭދަކުރައްވާ ރައީސް މައުމޫން ފަދަ ޢިލްމްވެރިންނަށް މި ޙަދީޘްފުޅުވެސް ހަމަ ފެނިވަޑައިނުގަންނަވަނީބާވައެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް