އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދޭމީހާއަށް ނުފުދިގެން ކަންބޮޑުވާކަށް ނުޖެހޭނެ!

ހަމައެކަނި ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދޭމީހާއަށް ނުފުދިގެން ކަންބޮޑުވާކަށް ނުޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ކަމެއް ކުރިމަތިވުމުން އެހެން މީހެއްގެ ކިބައިން އެހީތެރިކަމަށް ނުއެދި ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދެވުނީ އެންމެ ފަހުން ކޮން ދުވަހަކު ހެއްޔެވެ؟ ނުވަތަ ދުވަހަކުވެސް އެގޮތަށް ކަންތައް ކުރެވުނު ހެއްޔެވެ؟ 

އެގޮތަށް އެކަން ނުކުރެވޭނަމަ އެނގިގެންދަނީ އެމީހާއަށް އެހުރެވެނީ ﷲ ތަޢާލާ އާއި ވަރަށް ދުރުގައި ކަމެވެ. އެހެނީ ކަމެއް ބޮޑުވުމުން ވާގިއެދެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމަށްފަހު ކެތްތެރިވެލުމަކީވެސް ހަމަ ކުރަންޖެހޭނެ ކަމެކެވެ. 

Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, 

“Let one of you ask his Lord for his needs, all of them, even for a shoestring when his breaks.”

Source: Sunan al-Tirmidhī 3973

Grade: Sahih (authentic) according to Al-Suyuti

ރަސޫލް  ގެ ޙަދީޘްފުޅުގައި އޮތީ ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ. އެއީ ފައިވާނުގެ ވަދުކެނޑުން ފަދަ ކަމެއް ނަމަވެސް މެއެވެ. 

Sayyiduna Abu Hurayrah (radiyallahu ‘anhu) reports that Nabi (sallallahu ‘alayhi wa sallam) said:

“By the One in whose hand my life is, it is better for one of you to take a rope and carry firewood on his back than for him to go to someone and beg, who will either give him or refuse to give him anything.”

(Sahih Bukhari, Hadith: 1470 and Sahih Muslim, Hadith: 1042)

މިޙަދީޘްފުޅުން އެނގިގެންދަނީ ކަންކަމުގައި މީސްމީހުންނަށް އާދޭސްކުރުމަށްވުރެ ކޮނޑުގައި ދަރުއުފުލައިގެން ބޭނުންތައް ފުއްދުންވެސް މާރަނގަޅުކަމެވެ.

ވަކިކަމަކަށް ބޭނުންވުމަކުން ނޫނެވެ. ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އެކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާށެވެ! އެކަމަކަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. ތިބާއަށް ތިބާގެ ބޭނުން ފުދުނީ ނުވަތަ ފުއްދައިދިނީ މީހަކު ކަމުގައިވެދާނެއެވެ. ވިސްނަންވީ އޭނާ މެދުވެރިވެގެންވެސް އެކަން އެ ފުދުނީ ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުން ކަމެވެ. 

ހަމައެކަނި ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދޭމީހާއަށް ނުފުދިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ކޮންމެވެސް މަގަކުން އެކަން ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް